Live 129,726 stories Updated May 7, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސްކޭމް ހިންގާ 231 ބިދޭސީއަކު ލަންކާއިން އަނެއްކާވެސް ހައްޔަރުކޮށްފި

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދިޔަ ސައިބަސްކޭމް ސެންޓަރުތަކެއް މިދިޔަ ހަފުތާ ބަންދުން ފެށިގެން ރެއިޑްކޮށް މިހާތަނަށް 231 ބޭރު ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

އުރީދޫ "ހޮޅުއަށި" މެދުވެރިކޮށް ޗެމްޕިއަންސް ލީގު ބަލައިލެވޭނެ

އުރީދޫ މޯލްޑިވްސް އާއި މީޑިއާނެޓް ގުޅިގެން، އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމް ކަމަށްވާ "ހޮޅުއަށި" މެދުވެރިކޮށް މީޑިއާނެޓުގެ ހިދުމަތްތަކަށް ފަސޭހައިން ސަބްސްކްރައިބް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި 50 ހައުސިން ޔުނިޓު އަޅަން ބިންތައް ސަރުކާރާ ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި 50 މީހެއްގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެ މީހުންގެ ބިންތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ބަންކަރިންގެ ހިދުމަތުން މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ލިބިއްޖެ: ސައީދު

އެސްޓީއޯއިން ފެށި އާ ވިޔަފާރި، ބަންކަރިންގެ ހިދުމަތުން މިހާތަނަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުންޏާ ހަވާލާދީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރޮބީނިއޯގެ ދަރިފުޅުގެ މޫނުމަތީގައި ނޭމާ ޖެހި މައްސަލައިގައި މައާފަށް އެދިއްޖެ

ސަންޓޯސްގެ ފަރިތަކުރުންތަކެއްގެ ތެރޭގައި އެ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ރޮބީނިއޯ ޖޫނިއާގެ މޫނުމަތީގައި ޖެހި މައްސަލައިގައި ބްރެޒިލްގެ ތަރި ނޭމާ، ޕަބްލިކްގައި މައާފަށް އެދިއްޖެ އެވެ.

އީރާނާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަން ބޮޑު: ޓްރަމްޕް

ހަނގުރާމަ ހުއްޓާލަން އީރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަނެއްކާވެސް އެ ގައުމަށް ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ…

Loading fresh headlines…