Live 129,726 stories Updated Apr 29, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ވަރުގަދަ ގުގުރިތަކާ އެކު ހޮނުއެޅި ބިރުވެރި ރެއެއް

ގަދަ ހޫނަށް ފަހު ވިއްސާރައިގެ އަލާމާތްތައް ފެންނަމުން ގޮސް ރެޔަކީ މާލެ ސަރަހައްދަށް މިއިން ދުވަހަކު ވެސް ނުކުރެވޭ ތަޖުރިބާއެއް ކުރަން ޖެހުނު ރެއެކެވެ. ރޭ މެންދަންވާން ކައިރިވެފައި ހުއްޓާ އައި ވިލާގަނޑުތަކާ އެކު ވިދަން ފެށި އެވެ. ވިދުވަރު ގަދަވަމުން ގޮސް ބާރުގަދަ ގުގުރިތަކާ އެކު އެތައް ބަޔަކު ނިދިން …

ރަންވީރާއި އަދިތުޔަ އިތުރު ފިލްމެއްގެ މަސައްކަތް ކުރަނީ

ފިލްމު "ދުރަންދަރު"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، ބޮލީވުޑްގެ ތަރި ރަންވީރު ސިންގާއި ޑައިރެކްޓަރު އަދިތުޔަ ދާރު އަލުން އެކުގައި އިތުރު ފިލްމެއްގެ މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގުދަނުގައި ރޯވީ އިހުމާލުން ކަމަށް ވިޔަސް އެނދި ސައިކަލުގެ ބަދަލުގައި އާ ސައިކަލެއްގެ އަގު ނަގައެއް ނުދެވޭނެ: ހުކުމް

މީގެ ފަސް އަހަރު ކުރިން، ހ. ތިލަފުށީގޭގެ ކެމިކަލް ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ އެ ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށް ވިޔަސް އެ ހާދިސާ އެނދި ސައިކަލްތަކުގެ ބަދަލުގައި އާ ސައިކަލެއްގެ އަގު ބަދަލުގެ ގޮތުގައި ނަގައި ނުދެވޭނެ ކަމަށް …

ހިމާޔަތްކޮށްފައިވާ މަސް ބޭނުމުން 500،000.ރ އިން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަސް ބާނައިފި ނަމަ 500،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން އަދި އެ ފަދަ މަހެއް ނުވަތަ މަހެއްގެ ބައެއް ބޭރުކޮށްފި އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ.

ރ. ފައިނުގައި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރާ މަޝްރޫއެއް އެމްއައިބީގެ އެހީގައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ސޮނެވާ ނަމޫނާ އާއި، ރ. ފައިނު ކައުންސިލާ ގުޅިގެން އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫއެއް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ނުވަ ގޯލު ފެނިގެން ދިޔަ މެޗުން މޮޅުވެ ޕީއެސްޖީ ސެމީއާ ގާތަށް

ނުވަ ގޯލު ފެނިގެން ދިޔަ ފޯރިގަދަ މެޗުން ޖަރުމަނުގެ ބެޔާން މިއުނިކް 5-4 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ދަތުރުތައް ހުއްޓިދާނެތީ އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސްޖެޓުން ސަރުކާރުގެ އެހީއަށް އެދެފި

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގު އިންތިހާއަށް އުފުލިފައި ވާތީ ތެލުގެ އަގު ކަނޑައެޅުމުގެ އުސޫލު ބަދަލުކޮށްދިނުމަށާއި މާލީ އެހީތެރިކަން ދިނުމަށް އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސްޖެޓުން އިންޑިއާ ސަރުކާރުގައި އެދެފި އެވެ.

އެމެރިކާގެ ޕާސްޕޯޓްގައި ޓްރަމްޕުގެ ފޮޓޯ ޖަހަނީ

އެމެރިކާގެ ބައެއް ޕާސްޕޯޓުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމަނަން ފަށާނެ ކަމަށް އަންގާރަ ދުވަހު އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކުގައި ރައީސްގެ ނަމާއި ފޮޓޯ ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް އަމަލުކުރަމުން އައި އުސޫލުތަކާ ހިލާފް ނިންމުމެކެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

Loading fresh headlines…