Live 128,434 stories Updated Mar 14, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މައްސަރު ޗުއްޓީ ގާނޫނުން ލާޒިމްކޮށްފި ނަމަ އަންހެނުންނަށް ވަޒީފާ ދޭނެ މީހަކު ނުވާނެ: އިންޑިއާގެ ސުޕްރީމް ކޯޓް

ވަޒިފާ އަދާކުރާ އަންހެނުންނާއި އަންހެން ދަރިވަރުންނަށް މައްސަރު ކަންތަކާ ގުޅުވައި ޗުއްޓީ ދިނުން ގާނޫނުން ލާޒިމްކުރުމުން އަންހެނުންނަށް ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ ކަމަށާއި، އޭރުން އަންހެނުންނަށް ވަޒީފާ ދޭނެ މީހަކު ނުވާ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.

އިންތިހާބުގެ ދުވަހާއި މަޖިލީހުން ގާނޫނީ ޒިންމާއަދާކުރުން ގައުމީ މައްސަލައެއް؟

މިހާރު އަމަލުކުރަމުން މިދާ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 261 ވަނަ ޖަލްސާގައި އަޅުގަނޑު ދައްކައިފައިވާ ވާހަކަތަކެއް ދާދި މިދާކަށް ދުވަހު ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވެ އެވެ.

އީރާނުން އަވަށްޓެރިންނަށް ހަމަލާދިނުން ހުއްޓާލަން ހަމާސްއިން ގޮވާލައިފި

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ދިފާއުގައި ރައްދު ހަމަލާ ދިނުމުގެ ހައްގު އީރާނަށް އޮންނާނެ ކަމަށާއި އެކަމަކު އެ ހަމަލާތައް އަވަށްޓެރި ގައުމުތަކަށް އަމާޒު ނުކުރުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ގޮވާލައިފި އެވެ.

އީރާނުން ސައޫދީއަށް ދިން ހަމަލާގައި އެމެރިކާގެ ފަސް "ރިފިލިން" ބޯޓު ހަލާކުވި: ރިޕޯޓް

އީރާނުން ސައޫދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ދިން ހަމަލާއެއްގައި، އެމެރިކާގެ އެއާފޯސް އިން ވައިގެ ތެރޭގައި ބޯޓުތަކަށް ތެޔޮ އަޅަން ބޭނުންކުރާ ފަސް "ރިފިލިން ޕްލޭން" ހަލާކުވެފައިވާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

ހަނިމާދޫގެ ރޫހަކީ މި "މުސްކުޅި" ގްރޫޕް

އިޝާ ނަމާދަށް ފަހު ހދ. ހަނިމާދޫގެ ޖެޓީއާ ދިމާލުން ހިނގާލަން ނިކުމެ އުޅެނިކޮށް އިވެން ފެށީ ވަރަށް ގަދަޔަށް ލަވަ ކިޔައި، މިއުޒިކް ކުޅޭ އަޑެވެ. އިހުގެ މަޝްހޫރު ލަވަތަކާއި މިއުޒިކްގެ އަޑުފައްގަނޑު ކިތަންމެ ގަދަޔަސް އެ ރޭ މާބޮޑު ސަމާލުކަމެއް ނުދީ ދިޔައީ އެވެ. ޖެހިގެން އައި ރޭ ވެސް އެ ހިސާބާ އަރާ ހަމަވި ވ…

ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅޭ އޮސްޓްރޭލިއާގެ ރައްޔިތެއް!

މަރުވެފައި އޮއްވާ އައްޑޫ، ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން އިއްޔެ ފެނުނީ ވޯކްވިސާގެ ދަށުން ރާއްޖޭގައި އުޅެމުން އައި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ދިގުރަށު އަލިފާން: މީހުން ސަލާމަތްކުރަން ވަންނަން ޖެހުނީ ފާރުތަޅާލައިގެން

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ތަނުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން އެ ގެއަށް ވަންނަން ޖެހުނީ ގޭގެ ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ކައުންސިލްތައް ބާކީކޮށް، ބާރު ކަނޑުވާލުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް

ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…