އެއްގަމު އުޅަނދު ދެން ދުއްވޭނީ 20 އަހަރު، މިހާރު ހުރި ބާއުޅަނދު ތަކަށް ތިން އަހަރުގެ މުހުލަތެއް
ރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 20 އަހަރު ވަންދެން ކަމަށް ކަނޑައަޅައި، މިހާރު ހުރި ބާ އުޅަނދުތަކަށް ތިން އަހަރުގެ މުއްދަތެއް ދޭން އިއްޔެ ފާސްކުރި "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ބިލްގައި ކަނޑައަޅައިފި އެވެ.