Live 128,437 stories Updated Mar 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޕެރަމައުންޓުން ވޯނާ ބްރަދާޒް ގަތުމަށް ހުށަހެޅި 110 ބިލިއަން ޑޮލަރުގެ މުއާމަލާތުގައި އަރަބި ގައުމުތަކުގެ ބައިވެރިވުން

ޕެރަމައުންޓް ސްކައިޑާންސް އިން ވޯނާ ބްރޯސް ޑިސްކަވަރީ ގަތުމަށް ހުށަހަޅާފައިވާ 110 ބިލިއަން ޑޮލަރުގެ ބޮޑު މުއާމަލާތުގެ ފަހަތުގައި އަރަބި ގައުމުތަކުގެ މާލީ ބާރުވެރިކަން އޮތުމުން، މީޑިއާގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އީރާނަށް ހަމަލާ ދިނުމާ ބެހޭ ގޮތުން ޓްރަމްޕާއި ރޫބިއޯގެ ވާހަކަ ދިމައެއްނުވޭ

އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާއިން އިޒްރޭލާ ބައިވެރިވީ އިޒްރޭލުން އިސްވެ ހަމަލާދޭން އުޅުމުން، އެ ހަމަލާއާ އެކު އީރާނުން އެމެރިކާ ސިފައިންނަށް ނުރައްކާކުރާނެކަން އެނގޭތީ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ދެއްކެވި ވާހަކައާ ދިމާ އިދިކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވާހަކަ ދައްކަވައިފި އެވެ.…

ޚާމަނާއީ އަވަހާރަކޮށްލީ އިޒްރޭލުން، އަހަރެމެންނެއް ނޫން: އެމެރިކާ

އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހަމަލާ އަކީ އެމެރިކާއިން ދިން ހަމަލާއެއް ނޫން ކަމަށާއި އެކަން ކުރީ އިޒްރޭލުން ކަމަށް ބުނެ އެމެރިކާއިން އެކަމުން ބަރިއްޔަވާން ވާހަކަ ދައްކައިފި އެވެ.

ޚާމަނާއީ އަވަހާރަކޮށްލުމަކީ ފިނޑި އަމަލެއް، އެކަމަށް ރުހިގެން ތިބެގެން ނުވާނެ: މައުމޫން

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަކީ ވަރަށް ފިނޑި، އަދި ނުބައި އަމަލެއް ކަމަށާއި މުސްލިމުންގެ އަދުއްވުންގެ އެ އަމަލަށް ރުހިގެން ތިބެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އިރާންގެ ރައްދު ފުޅާކޮށް އިތުރު ހާސްކަން!

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް އިއްޔެ އާއި ރޭ ވެސް ވަރުގަދަކޮށްފައި ވާއިރު ގަލްފުގައިވާ އެމެރިކާގެ އަމާޒުތަކަށް އީރާނުން ދޭ ރައްދު ހަމަލާތަކުގައި، ދުބާއީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށާއި އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފި އެވެ.

ޝިފާއު އަށް އިއްވި 109 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ވޯލްޑް ކަޕަށް އިރާނުން ނަޔަސް ވަރިހަމަ: ޓްރަމްޕް

މި އަހަރުގެ ޖޫން ޖުލައިގައި އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބޭއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅެން އީރާނުން ނަޔަސް އެއްވެސް ފަރުވާލެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާއިން ލިބުނު 222 މިލިއަން ޑޮލަރާއެކު، ފުރަތަމަ ދެ މަހުގެ އާމްދަނީއަށް 29 ޕަސެންޓުގެ އިތުރުވުމެއް

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 29 ޕަސެންޓު އިތުރުވެ، ދައުލަތުގެ މާލީ ހާލަތަށް ރަނގަޅު ފެށުމެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Loading fresh headlines…