Live 128,437 stories Updated Mar 2, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި، އޭޕްރީލް 8 ގައި ސުކޫކު ދައްކާނެ: ރައީސް

އަންނަ މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން އެއްވެސް ދައްޗެއް ނެތް ކަމަށާއި، މިވަގުތު ވެސް ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޯނަރުތަކުން ޗެލްސީ ބަލިކޮށް "ސެޓްޕީސް އެފްސީ"ގެ ލަގަބު އާޓެޓާ ބަލައިގަންނަނީ އުފަލުން

ކޯނަރުތަކުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، ޗެލްސީ އަތުން 2-1 އިން އާސެނަލް މޮޅުވި މެޗަށްފަހު، އެ ޓީމަށް މަލާމާތުގެ ގޮތުން ދީފައިވާ ވަނަން، "ސެޓްޕީސް އެފްސީ" ގެ ލަގަބު އުފަލާއެކު ބަލައިގަންނަ ކަމަށް ކޯޗު މީކޭލް އާޓެޓާ ބުނެފި އެވެ.

އަރަބި ގައުމުތަކާ އެކު ތިބިކަން ހާމަކޮށް ގައުމުތަކަށް މި ދަނީ ގުޅަމުން: ރައީސް

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ތާއީދު އޮތީ އަރަބި ގައުމުތަކާ އެކުގައިކަން ހާމަކުރަން އެ ގައުމުތަކުގެ ވެރިންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާ މީހާގެ ލަގެޖާ ހަވާލުވާން ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފި

ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި މެލޭޝިއާ މީހާގެ ލަގެޖާ ހަވާލުވާން ދިޔަ ދެ މީހަކު މާލޭން ހައްޔަރުކޮށްފި އެވެ.

ތެލާއި ކާބޯތަކެތީގެ އެއްވެސް ދަތިކަމެއް އަދި ނެތް: ރައީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވާނެ ކަމަށް އަދި ނުބެލެވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމެރިކާއާ އެކު މަޝްވަރާއެއް ނުކުރާނަން: އީރާން

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ގުޅޭ ގޮތުން އީރާނުން މަޝްވަރާއަށް އެދެމުންދާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެމެރިކާއާ އެކު މަޝްވަރާ ނުކުރާނެ ކަމަށް އީރާންގެ ބާރުގަދަ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ވެރިޔާ އަލީ ލަރިޖާނީ މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކުޅުންތެރިންނާ ވާހަކަދައްކާއިރު އަނގަ ނިވާކުރާނަމަ ރަތްކާޑު ދައްކަން އިންފަންޓީނޯ ހުށަހަޅައިފި

މެޗުތަކުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިންނާ ވާހަކަދައްކާއިރު، އަނގަމަތީގައި އަތްއަޅައިގެން ނުވަތަ ޖާޒީން އަނގަ ފޮރުވައިގެން ވާހަކަދައްކާ ކުޅުންތެރިން ދަނޑުން ފޮނުވާލެވިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އުފަލާއި ލޯތްބާ އެކު، އުތީމު ރައްޔިތުން ގަނޑުވަރު ބެލެހެއްޓި ގޮތް

ހއ. އުތީމުގައި ހުރި ބޮޑުތަކުރުފާނު ގަނޑުވަރަކީ މިއަދާ ހަމައަށް ފެންނަން ހުރި އެންމެ ތާރީހީ ތަރިކަ އެވެ. އެ ފެންވަރުގައި ބަލަހައްޓަމުންދާ އެހެން ތަރިކައެއް ރާއްޖޭގައި ނެތް ކަން އެނގެނީ، އެ ގަނޑުވަރުގެ ކޮންމެ ދިމާލަކުން ވެސް މީގެ އެތައް އަހަރެއްގެ މަންޒަރުތައް ސާފުކޮށް ފެންނަން ހުރުމުންނެވެ. އެފަދަ އެ…

އަރްޖިތުގެ ފުރަތަމަ އަމިއްލަ ލަވަ ނެރެފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް، ފިލްމުތަކަށް ލަވަކިޔުން ހުއްޓާލުމަށް ނިންމުމަށް ފަހު، އޭނާގެ ފުރަތަމަ އަމިއްލަ ލަވަ "ރައިނާ" އިއްޔެ ރިލީޒްކޮށްފި އެވެ.

Loading fresh headlines…