Live 128,445 stories Updated Feb 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ އާންމު ވޯޓު އިއުލާންކޮށް، ރީރަޖިސްޓާވާން ހުޅުވާލައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ބާއްވާ އިންތިހާބު އިއުލާންކޮށްފި އެވެ.

ރޯދަމަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސެންޓަށް އިތުރުކުރަން އެމްއެމްއޭއިން ނިންމައިފި

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިއްޔެ އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް 32 ޕަސެންޓަށް އިތުރު ކުރަން ނިންމައިފި އެވެ.

މޮރީނިއޯގެ ނުރުހުން ވިނީ އަށް: މޮޅު ގޯލެއް ޖަހައި، އިހުތިރާމާ އެކު އުފާފާޅުކުރޭ

ބެންފީކާ (ފެބްރުއަރީ 18) - ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑް 1-0 އިން ބެންފީކާ ބަލިކުރި މެޗުގައި ވިނީޝިއަސް ޖޫނިއާގެ އަމަލުތަކަށް، ބެންފީކާގެ ކޯޗު ހޯޒޭ މޮރީނިއޯ ފާޑު ކިޔައިފި އެވެ.

އަމާޒަކީ ޣައްޒާ އާއި ހުޅަނގު އައްސޭރިން ފަލަސްތީނު މީހުން ހުސްކުރުން: އިޒްރޭލުގެ ފިނޭންސް މިނިސްޓަރު

އަމާޒަކީ ޣައްޒާ އާއި ހުޅަނގު އައްސޭރިން ފަލަސްތީނު މީހުން ހުސްކުރުން ކަމަށާއި އެ ބިންތަކުން މީހުން ނުކުމެ ހިޖުރަކުރަން މަޖުބޫރުވާނެ ސިޔާސަތުތައް ހިންގަން ބާރު އަޅަމުން ގެންދާނެ ކަމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިއްޔެ ބުނެފި އެވެ.

ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް ކެމްޕެއިން ކުރަން ފަސްޓް ލޭޑީ އެދިވަޑައިގެންފި

އެކަކު އަނެކަކަށް ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް މި ފެށި ރޯދަމަހާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ އެދިވަޑައިގެންފި އެވެ.

ޖަޒީރާ ދަނޑުވެރިޔާ: އެންމެން ގޮވައިގެން ވާޗުއަލް ދަނޑެއްގައި

ހދ. ނޮޅިވަރަމްގެ ދަނޑު ހައްދާ ސަރަހައްދުގެ މެދުގައި ހުރި ދަނޑުގައި ފެންދޭން ހުއްޓަސް އެއީ ހަސަން ރަޝީދު 35، ގެ އަސްލު މަސައްކަތެއް ނޫނެވެ. އޭނާ ހުސްވެގެން ހުރީ ގަސް އިންދައި ބަލަހައްޓައި، މޭވާ އާއި ތަރުކާރީ ކެނޑުމަކަށް ވެސް ނޫނެވެ. އޭނާގެ ހަރަކާތްތެރިކަން ގަދައީ ޑިޖިޓަލް ދުނިޔޭގައި ދަނޑުވެރިކަމުގެ އ…

ރޯދަމަހަށް އުރީދޫން "ކަރާ ފަޅައިގެން" ދޭ އިނާމުތަކާއި ހާއްސަ އެކި އޮފާތައް

މިދިޔަ އަހަރު އުރީދޫގެ ސުޕަ އެޕްގައި ބޮޑު ތަރުހީބެއް ލިބުނު"ކަރާ ފެޅުން" ގޭމު މާދަމާ ފަށާ މި އަހަރުގެ ރޯދަމަހު ވެސް ކުރިއަށް ގެންދަން ނިންމައި އެ ކުންފުނީގެ ރޯދަ އޮފާތައް ތައާރަފުކޮށްފި އެވެ.

Loading fresh headlines…