ބޯހިޔާވަހިކަމަށް އެދި 3،651 ފޯމު ހުށަހަޅައިފި، ހުށަހެޅުމުގެ މަރުހަލާގައި 10،000 އެބަ އޮތް
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 3،651 ފޯމު މިހާތަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި ހުށަނާޅައި ޑްރާފްޓު ސްޓޭޖުގައި 10،000 އެޕްލިކޭޝަން އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.