Live 128,461 stories Updated Feb 5, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދައުލަތަށް ކުއްޔާއި ޓެކްސްތައް ނުދައްކަން ޖެހޭ ގޮތަށް ލުއިތައް ދީ، އައްޑޫ އައިޓީ ހަބަކަށް ހަދަނީ

އައްޑޫގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތިން އަހަރުގެ މުއްދަތަށް ދައުލަތަށް ކުއްޔާއި ޓެކްސްތައް ދައްކަން ނުޖެހޭ ގޮތަށް ލުއިތަކެއް ދީ، އައްޑޫ އައިޓީގެ ހަބަކަށް ހަދަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ސުކޫކް ދައްކާނީ ބުރަބޮޑު ނުވާނެ ގޮތަށް، ރީފައިނޭންސިން ހޯދާނީ 9 ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓްގައި: ރައީސް

ސުކޫކް ދައްކަން އިތުރަށް މިހާތަނަށް ނެގި ފައިނޭންސިން ފެލިސިޓީތައް ހޯދާފައިވަނީ ނުވަ ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް، ކޮންމެ ދިވެއްސަކަށް އަހަރަކު އެއްފަހަރު ޑޮލަރު ދެނީ

ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިތުރު ވަސީލަތްތައް ހޯދައި ދިފާއީ ބާރު އިތުރަށް ވަރުގަދަ ކުރާނަން: ރައީސް

އިތުރު ވަސީލަތްތައް ހޯދައި ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް ވަރުގަދަކުރުމަށް މި އަހަރު ވެސް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސް މައްސަލާގައި އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެނެސް، މައްސަލަ ބަލަން ކޮމިޝަނެއް ހަދަނީ

ކަނޑުގެ އިމުން ފުށު އަރާ ބައިގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނެސް، މައްސަލަ ތަހުގީގުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސް މޮރިޝަސްއަށް ދިނުމާ ދެކޮޅު ހަދައި، ޔޫކޭއާ މަޝްވަރާކުރަން ރާއްޖޭން ރަސްމީކޮށް އެދިއްޖެ

ޗާގޯސްގެ ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒްކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

Loading fresh headlines…