Live 128,461 stories Updated Feb 5, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް މާދަމާ އޮމާންގައި ފަށަނީ

އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ބާއްވަން ނިންމި މަޝްވަރާތައް މާދަމާ އޮމާންގައި ފަށަން ހަމަޖައްސާފައިވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްވާނީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން: ފަސްޓްލޭޑީ

ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކާމިޔާބުކޮށް، ބޭނުންވާ ކުރިމަގު ލިބޭނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އާންމުކޮށްފި

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ އާމްދަނީން ޓެކުހުގެ ގޮތުގައި ނުދައްކާ އަދަދު 100،000ރ. އަށް ވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މީރާ އިން އާންމުކޮށްފި އެވެ.

ކުރީގެ ރިޔާސީ ބަޔާނުގައި ހިމެނޭ ކަން ހާސިލް ނުވި ސަބަބު ވިދާޅުވާން ޖެހޭނޭ: އެމްޑީޕީ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވަވާއިރު މިދިޔަ އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ކަންކަމުގެ 90 ޕަސެންޓު ހާސިލުނުވާ ކަމަށާއި އޭގެ ސަބަބުތައް ހާމަކުރައްވަން ވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސ…

ބަޑީގެ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ މީހަކު ޒަހަމްވުމުން ޣައްޒާގައި 21 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ޣައްޒާގައި ދިން ބަޑީގެ ހަމަލާއެއްގައި ސިފައިންގެ މީހަކު ޒަހަމްކޮށްލި ކަމަށް ބުނެ އިޒްރޭލުން ބޮން އަޅައި ޣައްޒާގެ 21 މީހަކު މިއަދު ޝަހީދުކޮށްލައިފި އެވެ.

Loading fresh headlines…