Live 129,590 stories Updated Oct 9, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި

މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދިވެހި ދަރިވަރު މަރުވި ހާދިސާއާ ގުޅިގެން ޓެކްސީ ޑްރައިވަރުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި އެވެ.

ހުޅުމާލޭގެ މަގުތަކުގައި އަލުން ބަންޕަރުތައް ޖަހަން ފަށައިފި، މި ފަހަރު ބޭނުންކުރަނީ ތާރު!

ހުޅުމާލޭގައި ގިނައިން އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގައި އެޗްޑީސީން ކުރިން ހަރުކުރި ސްޕީޑްބްރޭކަރުތަކުން މީހުންނަށް ގެއްލުންވާ ކަމުގެ ޝަކުވާ ބޮޑުވެގެން ނެގިތާ ގިނަ ދުވަސްތަކެއް ފަހުން އާ ސްޕީޑްބްރޭކަރުތަކެއް ހަރުކުރަން ފަށައިފި އެވެ.

ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ފަރުވާދެނީ

ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލަ: ގިނަ ދައުވާތައް ސާބިތެއް ނުވި، އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމައި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

ޕާސްޕޯޓް ބުކްލެޓްގެ މައްސަލަ ހައްލުވެ، އާންމު އުސޫލުން ޕާސްޕޯޓް ދޫކުރަނީ

ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓް ތައްޔާރުކުރާ ޖަރުމަނުގެ ކުންފުނިން ބުކްލެޓް ފޮނުވުމަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމާއި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރުމުގެ ކަންކަން އާންމު ހާލަތަށް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

18 ރަށެއްގައި "ސަރުކާރުގެ ހިދުމަތުގެ މަރުކަޒު" އުފައްދައިފި

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރުން އާންމުންނަށް ދޭ މައިގަނޑު ހިދުމަތްތައް އިންޓަގްރޭޓެޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް ދިނުމަށްޓަކައި "ސަރުކާރުގެ ހިދުމަތުގެ މަރުކަޒު" ގެ ނަމުގައި 18 ތަނެއް މިއަދު އުފައްދައިފި އެވެ.

ހުޅުމާލެ ބީޗުން ގޮނޑި އާއި މޭޒު ހުސްކުރަން ވިޔަފާރިތަކަށް އަނެއްކާވެސް މުއްދަތެއް

ހުޅުމާލެ ބީޗު ސަރަހައްދުގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ވިޔަފާރި ބޭނުމަށް ބީޗުގައި ޖަހާފައި ހުރި ގޮނޑި އާއި މޭޒު ނަގައި އެތަން ހުސްކުރަން އަނެއްކާވެސް މުއްދަތެއް އެޗްޑީސީން ދީފި އެވެ.

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ1 އަށް މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް މަތިކޮށް، އިގްތިސާދީ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި އެވެ.

ދިވެހިންނަށް ދޭނީ ހަމައެކަނި މަސައްކަތެއް ނޫން، އިންވެސްޓް ވެސް ކުރަންވީ: އަލްއައްބާރު

"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގަން ތައްޔާރުވަމުން އަންނަ ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހަވާލުކުރާނީ ދިވެހި ކުންފުނިތަކަށް ކަމަށާއި އެ މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް އެ މަޝްރޫއުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޔުނައިޓެޑް އަރަބ…

Loading fresh headlines…