އަނިޔާވީ އެމްބާޕޭގެ ވައާތު ފަޔަށް، ރެއާލްގެ މެޑިކަލް ސްޓާފުން އެމްއާރްއައި ހެދީ ކަނާތު ފައި
ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމަށް ހެދިފައިވާ ބޮޑު ގޯހަކުން، އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭގެ ކަކުލަށް ލިބިފައިވާ އަނިޔާ ނުބައިކޮށް ދެނެގަނެވި، އަނިޔާގައި ހުރެ ތިން މެޗެއް ކުޅުނުކަން ހާމަވެއްޖެ އެވެ.