މީޑިއާ ކޮމިޝަން ގާނޫނާ ދެކޮޅަށް އެމްޖޭއޭ އިން ހައި ކޯޓަށް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދި ގާނޫނަކީ "ނޫސްވެރިކަން ކޮންޓްރޯލްކުރަން" ހެދި ގާނޫނެއް ކަމަށް ތުހުމަތުކޮށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.