Live 129,727 stories Updated Mar 11, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

839 ބިލިއަން ޑޮލަރު؛ މިހާތަނަށް އެންމެ މުއްސަނދި މީހާގެ ރެކޯޑް މަސްކަށް

މިހާތަނަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މީހަކީ ޓެސްލާ އައި ސްޕޭސްއެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކް ކަމަށާއި މިހާރު އޭނާގެ މިލްކިއްޔާތުގައި 839 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ފޯބްސް އިން ބުނެފި އެވެ.

އީރާނުން އިޒްރޭލުގެ ސެކިއުރިޓީ ކެމެރާތައް ހެކްކުރަނީ

އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ފަހުން އިޒްރޭލުގެ ބައެއް ސެކިއުރިޓީ ކެމެރާތައް އީރާނުން ހެކްކޮށް ޖާސޫސްކުރުމުގެ ގޮތުން ބޭނުންކުރަމުން އަންނަކަން ދެނެގަނެވިފައިވާ ކަމަށް އިޒްރޭލުގެ ސައިބަ ސެކިއުރިޓީ ޑައިރެކްޓަރޭޓުން ބުނެފި އެވެ.

އަންހެން ކުޅުންތެރިން "ފިލުމުން" އިރާނުން ވޯލްޑް ކަޕަށް ނުދާނެކަމުގެ އިޝާރާތެއް

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އަންހެނުންގެ އޭޝިއަން ކަޕްގައި ވާދަކުރި އިރާން ޓީމުގެ ކުޅުންތެރިންތަކެއް ފިލައިގެން ސިޔާސީ ހިމާޔަތް ހޯދުމާ ގުޅިގެން، މިއަހަރު ވޯލްޑް ކަޕްގައި އެ ގައުމުން ބައިވެރިނުވެދާނެ ކަމުގެ އިޝާރާތެއް ޓްބޯޅަ ފެޑެރޭޝަނުން ދީފިއެވެ.

މާލެއަށް ހަދިޔާކުރި "އަށް ޑަބިޔާ" އަކިރިން ކުޅުދުއްފުއްޓަށް ވަނަމެއް!

ހދ. ކުޅުދުފުއްޓަށް ވަނަމަކަށް ކިޔައި އުޅެނީ "އަށް ޑަބިޔާ" ކަން އެނގޭ ހެއްޔެވެ؟ މަލާމާތުގެ ރާގުގައި މި ރަށަށް ނިސްބަތްކޮށް، ކިޔަން ފެށި އަށް ޑަބިޔާއަކީ މާ ސަޅި ނަމަކަށް ބަދަލުވެ، ރަށުގެ މީހުންނަށް ފަހުރަކަށް ވެއްޖެ އެވެ.

ޔަމާލް، އިންގްލެންޑްގައި ބާސާ ސަލާމަތް ކޮށްދީފި

ނިއުކާސަލް (މާޗު 11) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުގެ އެންމެ ފަހު ބޯޅައިން ލަމީން ޔަމާލް، ބާސެލޯނާ ބަލިވިޔަ ނުދީ ހުއްޓުވައިފި އެވެ.

އެލައިޑުން އައިފޯނެއް ދޭ އިންސްޓަގްރާމް ކެމްޕޭނެއް

އެލައިޑް އިންޝުއަރެންސުން އެ ކުންފުނީގެ އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަކޮށް އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ "އެލައިޑް އައިފޯން ޑްރޮޕް" ގިވްއަވޭ ކެމްޕެއިނެއް ފަށައިފި އެވެ.

ކުރުވާހަކަ: ވިންދު ތިޔޭ ...

އެ ދެމީހުން ވެސް ބައްދަލުވީ މުޅި ރަށުތެރޭގެ ހަލަބޮލިކަމާއި އަޑުތަށް ކެނޑި ހަމަހިމޭންވާ ހިސާބުންނެވެ. ނާމާން ހިމޭންކަމެއް ނޫނެވެ. އެކަމަކު ސިކުނޑިއަށް ހަމަޖެހުން ލިބޭފަދަ ހިމޭންކަމެކެވެ. ޖެހެމުންދިޔަ ވައިގައި ވިއްސާރައިގެ ފިނިކަމުގެ އިތުރުން މޫދު ލޮނުގެ ވަސް ހުއްޓެވެ.

ކުރީގެ ފަނޑިޔާރު މަހާޒްގެ އާ ފޮތެއް: ޖަމާއަތެއްގެ ކިބައިން ގިސާސް ހިފާނެ އުސޫލުތައް

ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ފާތުމަތު ހަނާގެ މަރުގެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ލިއުއްވި ރައުޔުގައިވާ ގާނޫނީ އުސޫލުތައް ފޮތެއްގެ ގޮތުގައި ނެ…

Loading fresh headlines…