Live 129,727 stories Updated Mar 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޔޫރަޕުގެ އާ ފަސް މަންޒިލަކަށް މިދިޔަ ދުވަސްތަކުގައި ފްލައިޓްތައް ބޭއްވި: އަމީން

ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ އެއާޕޯޓުތައް ބަންދު ކުރުމުގެ ސަބަބުން ވައިގެދަތުރުފަތުރަށް އެރި ބުރޫތައް ކުޑަކުރުމުގެ ގޮތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ޔޫރަޕުގެ އާ ފަސް މަންޒިލަކަށް ފްލައިޓްތައް ބާއްވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ…

ފްލެޓާއި ގޯއްޗަށް 18،000 އަށްވުރެ ގިނަ ފޯމް

ފްލެޓާއި ގޯއްޗަށް އެދުމަށް ޑްރާފްޓުގައިވާ ފޯމުތަކާއެކު 18،036 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމެއް ހިންގުމުގެ އެންމެ ރަނގަޅު މިސާލު ދެއްކެވީ ރައީސް މުއިއްޒު: ހަލީލް

ލާމަރުކަޒީ ނިޒާމެއް ހިންގުމުގެ އެންމެ ރަނގަޅު މިސާލު ދެއްކެވި ވެރިޔަކީ ރައީސް އަދި މާލޭގެ ކުރީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.

ކުދި ތަންތަންކޮޅުގައި ހާލުގައި އުޅޭ މާލޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދެނީ

މާލޭގައި ވަރަށް ކުދިކުދި ތަންތަނުގައި ދިރިއުޅެމުންދާތީ، އެ މީހުންނަށް ލުޔެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ކުއްޔަށް ދިނުން ހުއްޓުވަން ގާނޫނު އިސްލާހުކުރަނީ

ކުއްޔަށް ދިނުން ބޮޑުވެފައިވާ ހިޔާ ފްލެޓުތަކާއި ހުޅުމާލޭގެ އެހެން ފްލެޓުތައް ކުއްޔަށް ދޭ މައްްސަލަ ހުއްޓުވުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ލަންކާ ބޭރަށް އީރާންގެ މަނަވަރެއް ފެތިއްޖެ، ޒަހަމްވެފައި ތިބި 32 މީހުން ސަލާމަތްކޮށްފި

އީރާންގެ މަނަވަރެއްގައި އެއްޗެއް ގޮވައި ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް އަޑިއަށް ގޮސްފައިވާ ކަމަށާއި އެ އުޅަނދުގައި ތިބި މީހުން މިއަދު ސަލާމަތްކޮށްފައިވާ ކަމަށް ސްރީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހީރަތު ވިދާޅުވެއްޖެ އެވެ.

އަބްރާރް ގުރޫޕުން އުމްރާ އަށް ނުގެންދިޔަ މީހުންގެ ތެރެއިން 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ދީފި

އަލް އަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް ރޭ ހަމަޖެހުނު މީހުންގެ ތެރެއިން ނުފުރުނު 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ހަމަޖައްސައިދީފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…