Live 129,593 stories Updated Oct 7, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކުންފުނިތަކުގެ ވެރިން ކެބިނެޓް ބައްދަލުވުމަށް!

ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ކުންފުނިތަކުގެ ވެރިންނާ އެކު އިއްޔެ މަޝްވަރާކޮށްފި އެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

އެމެރިކާ ސިފައިންގެ ކުށްތައް ގިނަކަމުން ޖަޕާނުން އަސްކަރީ މަރުކަޒުތައް ބޭރުކުރަން ގޮވާލައި މުޒާހަރާކޮށްފި

ޖަޕާނުގެ އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ރުޅިގަދަވެފައިވާ އެތައް ބަޔަކު، ޓޯކިޔޯގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމައްޗަށް އެއްވެ، އެމެރިކާ ސިފައިން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ކޮށްފި އެވެ.

ފްރާންސްގައި ދަރިވަރުންނާއި ޓީޗަރުން ފެށި މުޒާހަރާ ވަރުގަދަވެ ބޮޑު ނުތަނަވަސްކަމެއް

ތައުލީމީ ދާއިރާގެ ހާލަތު ދަށްވުމާއި، ސަރުކާރުން ބަޖެޓް ކުޑަކުރަން ނިންމި ނިންމުމާ ދެކޮޅަށް ފްރާންސްގެ ދަރިވަރުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ނުކުމެ ފެށި އިހުތިޖާޖު ވަރުގަދަވެ ގައުމުގެ ތާރީހުގައި ވެސް ފަހަކަށް އައިސް ނުދެކޭ ފަދަ ބޮޑު މުޒާހަރާއަކަށް ބަދަލުވެއްޖެ އެވެ.

މަސްތުވާން ފައިސާ ނުލިބިގެން މަންމަގެ ގެއަށް ގެއްލުންދިން މީހަކު ޖަލަށް

މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން އައި ރުޅީގައި، މަންމަ ދިރިއުޅޭ ގޭގެ ތަކެއްޗަށް ގެއްލުންދިނުމުގެ އިތުރުން، ކުރީގެ ކްރިމިނަލް ކޯޓު އިމާރާތުން ތަކެތި ވަގަށް ނެގި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލާން ހުކުމްކޮށްފި އެވެ.

ރާއްޖޭގައި އެންމެ ދިގު ޖަލު ހުކުމުގައި ހުރި ޝިފާއު ގޭބަންދަށް

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށް ލާފައި ހުރި ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި އެއްވެސް މީހަކަށް ޕެރޯލް ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން: މިނިސްޓަރު

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށްތަކުގައި ޖަލަށްލާފައިވާ މީހުންނަށް ޕެރޯލްގެ ފުރުސަތު ދެން ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…