އެއްފަހަރާ އެންމެ ގިނަ ހާފިޒުން ދަސްވެނިވި ތާރީހީ ރެއެއް
ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލްކުރި 31 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހަނދާނީ ލިޔުން ދެއްވައިފި އެވެ.
MIHAARU
Live feedގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލްކުރި 31 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހަނދާނީ ލިޔުން ދެއްވައިފި އެވެ.
ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާކަމަށް ސައުދީގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް އިއްޔެ ދިން ވަރުގަދަ ހަމަލާތަކުގެ ނަތީޖާއެއް ގޮތުން، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ހެދި މިއަދު ވެސް ރާއްޖެ އަށް އަންނަން އޮތް 19 ފްލައިޓެއް ކެންސަލްވެ، 3،530 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވި ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
ކ. މާފުށްޓާއި އެ ރަށުގެ ހިއްކި ސަރަހައްދު ގުޅުވައިދޭ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދެމުން ގެންދާ ހަމަލާތަކުގައި އީރާންގެ މަނަވަރެއް ފައްތާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް އިއްޔެ ދިން ފުރަތަމަ ހަމަލާތަކުގައި އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް ބައެއް ނިއުސް އެޖެންސީތަކުން ބުނެފި އެވެ.
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ދެމުން ގެންދާ ހަމަލާތަކުގައި އިޒްރޭލަށް މިއަދު ދިން ހަމަލާއެއްގައި އަށް މީހަކު މަރުވެފައިވާ ކަމަށް ބުނެފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި، ރާއްޖެ އަށް އަންނަން ތިބި 30-35 ޕަސެންޓު އައުން ހުއްޓިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު ލަސްވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން މިއަދު ފ…
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
އެމެރިކާއާ ގުޅިގެން އިޒްރޭލުން ދެމުންދާ ވަރުގަދަ އުދުވާނުތަކުގެ ރައްދުގައި، މެދުއިރުމަތީގެ އެކި ގައުމުތަކަށް އީރާނުން ދެމުންދާ ރައްދު ހަމަލާތައް އޮމާނަށް ވެސް އަމާޒުކުރަން ފަށައިފި އެވެ.
"ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިވާ ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއެކު އިތުރު 11 މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
Loading fresh headlines…