އަނެއްކާވެސް އަންނަން މި އުޅެނީ އިގުތިސާދު ފުންވަޅުގަނޑަކަށް ވައްޓާލި މީހުން: ސައީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރާއިރު އެއީ އިގުތިސާދު ފުންވަޅުގަނޑަކަށް ވައްޓާލި މީހުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.