Live 129,732 stories Updated Feb 2, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

"އިންތިހާބުގެ ހުމެއް"ގައި އަބަދު ތިބުމަށް ވުރެ ރަނގަޅީ ދެ އިންތިހާބު އެއްކޮށްލުން: އާދަމް ޝަރީފް

އިންތިހާބުގެ "ހުމެއްގައި" އަބަދު ތިބުމަށް ވުރެ ރަނގަޅީ ދެ އިންތިހާބު އެއްކޮށްލުން ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ފަހި ފްލެޓުތަކުގެ ޖަންކްޝަންތަކުން ނަޖިސް ލީކުވަނީ؛ އެފްޑީސީން ބުނީ ހައްލުކޮށްފިން ކަމަށް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ޖަންކްޝަންތަކުން ނަޖިސް ލީކުވުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެކަން ހައްލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ބޯމަތީގައި ސިޔާސީ އިންތިހާބެއްގެ ވިލާގަނޑު، އެކަމަކު ޔޫތު ސާފް ޗެމްޕިއަންޝިޕް ފޯރިގަދަ ކުރެވިދާނެކަމުގެ އުއްމީދު

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތައްތާ އެކު އަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައީ ފުޓްބޯޅަ އަށް ލިބުނު ހިތްހަމަޖެހުމަކާ އެކު އެވެ.

ބިދޭސީގެ މަރާ ގުޅިގެން ހައްޔަރުކުރި މީހާއަށް ކުރަނީ ގަސްދަކާނުލައި މީހަކު މެރުމުގެ ތުހުމަތު

ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާއަށް، ގަސްދަކާނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުކޮށްފި އެވެ.

ކައިވެންޏާ ގުޅުވާ ދައްކާ ވާހަކަތަކަށް އާލިއާގެ ވަރުގަދަ ރައްދެއް!

ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރުގެ ކައިވެނީގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކަށް އާލިއާ ވަރުގަދަ ރައްދެއް ދީފި އެވެ.

އޭ ލެވެލް އިމްތިހާނު މެއި/ޖޫންގައި ވެސް ބާއްވައިދޭން އެދި ދަރިވަރުންގެ ޕެޓިޝަނެއް

ރާއްޖޭގައި އޭ ލެވެލް އިމްތިހާނު މިހާރު އޮންނަ ގޮތުން ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އިމްތިހާނު މެއި/ޖޫންގައި ވެސް ބާއްވައިދޭން އެދި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދުމުގެ ވޯޓު އޭޕްރީލްގައި ނެގޭނީ މި މަހުގެ 18 އަށް ބިލް ނިންމައިގެން: އީސީ

ރިޔާސީ އިންތިހާބާއި ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރިފަރެންޑަން ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވޭނީ ގާނޫނުއަސާސީ އަށް ގެންނަ ބަދަލުގެ މަަސައްކަތް މިމަހުގެ 18 ގެ ކުރިން ނިންމައިގެން ކަމަށް އިލެކްޝަންް ކޮމިޝަން (…

Loading fresh headlines…