Live 129,599 stories Updated Oct 5, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ވިލިމާލެ ޕޮލިހުން ބޭއްވި "އިސްރަށްވެހިންގެ އުފާ" ގައި އައިކެއާއިން ލޯ ސްކްރީނިންގެ ހިދުމަތް

ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު ވިލިމާލެ ޕޮލިހުން ބޭއްވި "އިސްރަށްވެހިންގެ އުފާ" ހަރަކާތުގައި އައިކެއާ ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.

ބާސާއަށް ތުހުމަތުކުރާ ނެގްރޭރާގެ މައްސަލަ އަވަހަށް ނިންމަން ރެއާލުން ގޮވާލައިފި

ސްޕޭނުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރޭރާއަށް ފައިސާ ދިން ކަމަށް ބުނެ ބާސެލޯނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގު އަވަހަށް ނިންމަން ވާދަވެރި ރެއާލް މެޑްރިޑުން ގޮވާލައިފި އެވެ.

މަރު ކޮމިޝަންގެ ރިޕޯޓުތައް މަހެއްހާ ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިމޭނެ: އޭޖީ

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުގެ ރިޕޯޓުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިމޭނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.

ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަން މި ސަރުކާރުން ދޭނެ: ރައީސް

މި ސަރުކާރުން ޓީޗަރުންގެ ހެވާއި ލާބަޔަށް އެދޭ ކަމަށާއި އެ މީހުންނަށް މާބުރަ ބޮޑުނުވާނެ ގޮތަށް މަސައްކަތްތައް ރާވައި ޓީޗަރުންގެ މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭއައި ޑީޕްފޭކްތަކާ ދެކޮޅަށް ބޮލީވުޑްގެ ތަރިން އަޑުއުފުލައި ފިޔަވަޅު އަޅަން ގޮވާލައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކުރާ "ޑީޕްފޭކް" ވީޑިއޯތަކާއި ފޮޓޯތަކާ ދެކޮޅަށް އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ތެދުވެ، އެމީހުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށް އަޑުއުފުލަން ފަށައިފި އެވެ.

އިންޑިއާ އިން ހަމަޖެހުން ނުލިބޭ ކަމަށް ބުނެ ދެކެވުނު ވާހަކަތައް ފަތުރަނީ އޮޅުވާލައިގެން: ސަންޖޭ

އިންޑިއާ އިން މިހާރު ކުރީގެ ހަމަޖެހުން ނުލިބޭ ކަމަށް އޭނާ ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އަމާޒުވި ފާޑުކިޔުންތަކަށް ފަހު، ބޮލީވުޑްގެ ތަރި ސަންޖޭ ދަތު އެކަމުގެ ހަގީގަތް ހާމަކޮށް އިސްލާހީ ބަޔާނެއް ނެރެފި އެވެ.

އަޔަލެންޑް އެސިސްޓެންޓް ކޯޗުގެ ގަޔަށް އިޒްރޭލް ކުޅުންތެރިޔަކު ކުޅުޖެހި މައްސަލަ ފެންމަތިވެއްޖެ

ޔޫއެފާ ނޭޝަންސް ލީގުގައި އަޔަލެންޑް އާއި އިޒްރޭލް ބައްދަލުކުރި މެޗުގެ ތެރެއިން، އިޒްރޭލް ގެ ކުޅުންތެރިޔަކު އަޔަލެންޑްގެ އެސިސްޓެންޓް ކޯޗުގެ ގަޔަށް ކުޅުޖެހިކަމުގެ ތުހުމަތު އަމާޒުވެއްޖެ އެވެ.

ހޫތީންގެ ބާރުގެ ދަށުގައިވާ ހުރިހާ ތަނެއް ހިފަން ޔަމަން ސަރުކާރުން އާ އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދުތަކެއް އަނބުރާ ހޯދައި، ދައުލަތުގެ ބާރު މުޅި ގައުމަށް ހިންގުމަށްޓަކައި އަސްކަރީ އާ އޮޕަރޭޝަނެއް ފަށައިފިކަން އެ ގައުމުގެ ލީޑަރު އާދީއްތަ ދުވަހު އިއުލާނުކުރައްވައިފި އެވެ.

އެމެރިކާގެ ބޮން އަޅާ ހުރިހާ ބޯޓުތަކެއް ޔޫކޭގެ އެއާބޭސް އިން ނެރެފިން: ޕެންޓަގަން

އެމެރިކާގެ ބީ-1 މަރުކާގެ ބޯޓުތައް ވެސް ހިމެނޭ ގޮތަށް، ބޮން އަޅާ ބޯޓުތައް އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ފެއާފޯޑް އެއާބޭސްއިން އެއްކޮށް ނެރެ ހުސްކޮށްފައިވާކަން ޕެންޓަގަން އިއްޔެ ކަށަވަރުކޮށްދީފި އެވެ.

Loading fresh headlines…