Live 129,732 stories Updated Jan 29, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މަޖީދިއްޔާގެ އާ އިމާރާތް އަޅަނީ ކުރީގެ ދަރުމަވަންތަ ބިމާއި ޕާކިން ޒޯނު ބިމާއެކު

މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ނިންމާފައި ވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތީގައި ކުރިން އޮތް ޕާކިން ޒޯނުގެ ބިމާ އެކު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވެ، އެފްއައިޔޫގެ ވެރިޔާ ސާޖިދު މަގާމުން ވަކިކޮށްފި

ޖިންސީ ފުރައްސާރަކުރި މައްސަލަ ސާބިތުވެ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާ، އިސްމާއިލް ސާޖިދު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ދެ އިންތިހާބު އެއްކޮށްލާ ބިލަށް ޕާޓީތަކުގެ ހިޔާލު ހޯދަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްވަގުތެއްގައި ބާއްވާ ގޮތަަށް ގާނޫނު އަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޓައުންޝިޕް ޕްރޮޖެކްޓާއެކު ރާއްޖޭގެ ޓޫރިޒަމް މުޅިން ބަދަލުވާނެ: ސައީދު

މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގުތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރެވޭ ގޮތަށް "ސަސްޓެއިނަބުލް ޓައުންޝިޕް" ތަރައްގީކުރަން ނ.އަތޮޅުގައި މިއަދު ފެށި މަޝްރޫއާއެކު ރާއްޖޭގެ ޓޫރިޒަމް މޮޑެލް ބަދަލުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ޖުލައި މަހު ހުޅުވާލަނީ

އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ޖުލައި މަހު ހުޅުވާލަން ހަމަޖެހިފައިވާކަމަށް މިއެވޯޑުގެ މަސައްކަތްތައް އެމްއައިބީން ހަވާލުކޮށްފައިވާ ކްރޯ މޯލްޑިވްސްއިން ބުނެފި އެވެ.

ސަސްޓެއިނަބުލް ޓައުންޝިޕް، "އައިލާ މޯލްޑިވްސް" ގެ އަމަލީ މަަސައްކަތް ފަށައިފި

މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގުތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް "ސަސްޓެއިނަބުލް ޓައުންޝިޕް" އެެއް ތަރައްގީ ކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް ހުއްދަ ދިން ކްރިސްޓަލް ހޯލްޑިންސް އިން ނ. އަތޮޅުގައި ގާއިމްކުރާ ޓައުންޝިޕްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށަ…

އޮޅުހިޔާގެ ބައެއް ތަންތަން މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގެ މަގުމައްޗަށް ދޫކޮށްލާފައިވާ ބުޅާތައް ގެންދަން ހުޅުމާލެ 2 ގައި ހަދާފައިވާ، އޮޅުހިޔާގެ ބައެއް ތަންތަން މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އެނިމަލް، ވެލްފެއާ މިނިސްޓްރީން މިއަދު އިއުލާނު ކޮށްފި އެވެ.

Loading fresh headlines…