Live 129,734 stories Updated Jan 27, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރަނުގެ އަގު ފުރަތަމަ ފަހަރަށް 5،000 ޑޮލަރަށް ވުރެ މަތީގައި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ފުރަތަމަ ފަހަރަށް 5،000 އެމެރިކާ ޑޮލަރަށް ވުރެ މަތިވެއްޖެ އެވެ.

ސަރުކާރަށް އެއްބާރުލުން ދޭ ބަޔަކު ކައުންސިލްތަކަށް ނުހޮވައިފި ނަމަ އޭގެ ގެއްލުން ރައްޔިތުންނަށް ކުރާނެ: ފަސްޓް ލޭޑީ

ސަރުކާރަށް އެއްބާރުލުން ދޭ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކަށް ނުހޮވައިފި ނަމަ އޭގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް އީފާސް ބޭނުންކުރާ މައްސަލައިގައި ކަންބޮޑުވުންތަކެއް!

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރުމަށް ހަމައެކަނި އީފާސް ބޭނުންކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައ…

ދެ ދަންފަޅިއަށް ކިޔަވައިދޭ ޝަހީދު އަލީ ސްކޫލުން 1،900 އަށް ވުރެ ގިނަ ކުދިންނަށް ޖާގަދީފި

މާދަމާ ފަށާ ދިރާސީ އާ އަހަރާ އެކު، ހުޅުވަން ނިންމާފައިވާ ޝަހީދު އަލީ ސްކޫލުން 1،900 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަންކަމާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށް އިންޑިއާ ދޭ އަހައްމިޔަތުކަން ހާމަވޭ: ރައީސް

އިންޑިއާގެ ޖުމްހޫރީ ދުވަހުން އެނގެނީ އެ ގައުމުން މިނިވަންކަމާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށް ދޭ އަހައްމިޔަތުކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކޮށް، ބަލަހައްޓަން ''ޑާލާ" ނަމުގައި ޕޯޓަލެއް

ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓު ކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކޮށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން (އެންޑީއެމްއޭ އިން ޑާލާ ނަމުގައި ޕްލެޓުފޯމެއް މިއަދު އިފުތިތާހުކޮށްފި އެވެ.

Loading fresh headlines…