Live 128,340 stories Updated Aug 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ލެގޫންސްގެ އިންތިހާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު ތޮލާލްގެ މައްސަލައެއް ސްޕޯޓްސް ކައުންސިލަށް

ލެގޫންސް ސްޕޯޓްސް ކްލަބްގެ އިންތިހާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، ކޯޓުގެ ހުކުމަށް އަމަލުކޮށްފައި ނުވާކަމަށް ތުހުމަތުކޮށް، އެ ކްލަބްގެ ދެ މެންބަރަކު ސްޕޯޓްސް ކައުންސިލަށް މައްސަލަ ހުށަހަޅައިފި އެވެ.

އިމްރާން ހޮސްޕިޓަލަށް ގެންދަން ކުރި އަމުރު ޕާކިސްތާން ސަރުކާރުން އިސްތިއުނާފްކުރަނީ

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ސިއްހީ ތަހުލީލުތަކަށް އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާނެ ކަމަށް، އެ ގައުމުގެ ލޯ މިނިސްޓަރު އަންގާރަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމުތަކުން ޖާގަ ދޭނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ އެތުލީޓުންނަށް އެކަނިކަމަށް ކަނޑައަޅަނީ

ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުތަކުން ޖާގަ ދޭނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ އެތުލީޓުންނަށް އެކަނިކަމަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށް ކެބިނެޓުން ނިންމައިފި އެވެ.

އަގުބޮޑުކޮށް ބޭރު ފައިސާ ގަނެވިއްކުމާއި އެކަން އިޝްތިހާރުކުރުމުން މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތް ހަދަނީ

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ކޮންމެ ބިދޭސީއަކަށް އެއް ސިމަށް ވުރެ އިތުރަށް ނުނެގޭ ގޮތް ހަދަނީ

ރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމް ކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

އަމާން ޓަވަރުގެ އޭސީތަކުން ފެން ބޭރުވާ ހޮޅީގެ މައްސަލަ ހައްލުކުރަން އަންގައިފި

އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ހާއްސަކޮށްފައިވާ ޑްރެއިން ޕައިޕާ ގުޅާފައިނުވާތީ އެތަނުން ފެން ލީކުވާ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މުއްދަތު ދީފި އެވެ.

ކުޅިވަރާ ގުޅޭ ކޮރަޕްޝަން ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި: މިނިސްޓަރު

ކުޅިވަރާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރަން މި ސަރުކާރުން އިސްނަގައިގެން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ ކަމުގައި ކާމިޔާބީތަކެއް ހާސިލް ވެފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ހޮޓަލެއްގައި ރޯވެ ނުވަ މީހަކު މަރުވެއްޖެ، ބޭހަށް ގޮސް ތިބި ބަންގްލާދޭޝް މީހުން ހިމެނޭ

އިންޑިޔާގެ ކަލްކަތާގެ ހޮޓަލެއްގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ނުވަ މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ސިޓީގެ ފަޔާ ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…