Live 129,603 stories Updated Oct 1, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ބޮޑު އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓްކުރުން އޮތީ މަޝްވަރާ މޭޒުގައި: ގީލާ

އާމްދަނީގެ ގޮތުގައި މަހަކު 60،000ރ. ލިބޭ މީހުންނަށް މާދަމާއިން ފެށިގެން އާސަންދަ ލިމިޓްކުރާނެ ކަމަށް ކުރިން އިއުލާން ކުރިޔަސް، އެކަން މިވަގުތު އޮތީ މަޝްވަރާގެ މަރުހަލާގައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރުގައި ބާއްވާ އެންމެ ބޮޑު ބާޒާރު، "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" ފަށައިފި

ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބާޒާރު ކަމަށްވާ "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު" އަދި “އައިލެންޑް ކާނިވަލް” ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ.

ވައްޓާލަން އުޅުނު ކަމަށް ބުނާ ފްލައިދުބާއީގެ ފްލައިޓްގައި ވީ ކިހިނެއް؟

ގުދުސް (އޭއެފްޕީ) — ދުބާއީން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ބޯޓެއްގެ ޕައިލެޓުންގެ ތެރެއިން އެކަކު ބޯޓު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ހާދިސާއަކަށް ފަހު، އެ ބޯޓު ކުއްލި ހާލަތުގައި ސައޫދީ އަރަބިއްޔާއަށް ވަނީ ކުއްލި ހާލަތުގައި ޖައްސައިފަ އެވެ.

އިޒްރޭލުގެ ވެރިން ބުނަނީ އިޒްރޭލު މީހުންނާ އެކު ފްލައިދުބާއީގެ ބޯޓު ވައްޓާލަން އުޅުނީ ކަމަށް

ގުދުސް | އޭއެފްޕީ | ބުދަ 30 ސެޕްޓެމްބަރު 2026 - އިޒްރޭލުގެ ގިނަ އަދަދެއްގެ ފަސިންޖަރުންނާ އެކު ދުބާއީން ފުރައިގެން ދަތުރުކުރި ފްލައިދުބާއީގެ ބޯޓު ވައްޓާލަން "ޖިހާދީ" ޕައިލެޓަކު މަސައްކަތްކުރީ ކަމަށާއި، ނަމަވެސް ފަސިންޖަރުން އޭނާ ކޮންޓްރޯލްކޮށް "ބޮޑު ކާރިސާއަކުން" ސަލާމަތްކޮށްފައިވާ ކަމަށް އިޒްރޭލުގެ…

ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލްއާ ހަމައަށް ބޭރު މަގު ހުސްކުރަން އަންގައިފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތަށް ސުނާމީ ބިނާ ސަރަހައްދުން ފެށިގެން އެމްޕީއެލްއާ ހަމައަށް މަގުތަކުގައި ހުރި އުޅަނދުތައް ނަގަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

ރަސްމާލެ މަޝްރޫއުގެ ތަރައްގީގެ މުއްދަތުގެ ތެރޭގައި 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ: މިނިސްޓަރު

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު (169 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…