Live 129,603 stories Updated Oct 1, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މީހުން ގެންދަން އިޒްރޭލު މަތިންދާބޯޓެއް ސައޫދީއަށް ޖައްސަން ހުއްދައެއް ނުދިން

ޔޫއޭއީގެ ދުބާއީން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރަނިކޮށް، ކުއްލި ހާލަތުގައި ސައުދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ޖެއްސި ފްލައިދުބާއީގެ ބޯޓުގައި ތިބި އިޒްރޭލު ފަސިންޖަރުން ބަލާ ދިއުމަށް އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓަކަށް ސައުދީގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭން ސައުދީ ސަރުކާ…

ލަންކާގައި މި އަހަރު ގޭންގުތަކާ ގުޅުން ހުރި ބަޑީގެ 38 ހަމަލާ، 25 މަރު

ސްރީ ލަންކާގައި ރާވައިގެން ހިންގާ ޖަރީމާތަކާއި ގޭންގު މާރާމާރީތައް އިތުރަށް ވަރުގަދަވެ، މި އަހަރުގެ މިހާތަނަށް ދިން ބަޑީގެ 38 ހަމަލާ ދީފައިވާ ކަމަށާއި އެ ހަމަލާތަކުގައި 25 މީހަކު މަރުވެ 15 މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައިފި އެވެ.

ފްލައިދުބާއީގެ ބޯޓު "ހައިޖެކްކުރަން" އުޅުނުއިރު އިތުރު ދެ ޕައިލަޓުން ތިބި؛ ކީއްވެ؟

ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް FZ1073 ގައި ކޯ-ޕައިލަޓް، ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ހާދިސާ ހިނގި އިރު ބޯޓުގައި އިތުރު ދެ ޕައިލެޓުން ތިބި ކަމަށާއި އެކަމަކު އެއީ ސެކިއުރިޓީ އިންޒާރަކާ ގުޅިގެން ނޫން ކަމަށް ބުނެފި އެވެ.

މެޗަށް ނާރުވާނެ ކަމަށް ބުނުމުން ރޮނާލްޑޯ ކޭމްޕް ދޫކޮށް ހިނގައްޖެ

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުން ވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތު ނުދޭނެ ކަމަށް ކޯޗު ޖޯޖް ޖީސަސް ބުނުމުން އެކަމާ ހިތްހަމަނުޖެހި ރޮނާލްޑޯ ޓީމުގެ ޓްރެއިނިން ކޭމްޕް ދޫކޮށް ހިނގައްޖެ އެވެ.

ވަތަނީ ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް: ރައީސް

ދިވެހި ޒުވާނުން ހެޔޮގޮތުގައި ބައްޓަން ކުރުމުގެ މަގުސަދުގައި ސަރުކާރުން މީގެ އެއް އަހަރު ކުރިން ތައާތަފުކުރި ދިވެހި ވަތަނީ ހިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި އިތުރު ދާއިރާތައް ވެސް ތައާރަފު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކުރި މީހާ މިސްރުގެ ސަރުކާރުން އެދިގެން މިނިވަންކޮށްފި

ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަމާސާކުރުމުން ހައްޔަރުކުރި މީހާ، އެ ގައުމުގެ ސަރުކާރުން އެދިގެން މިނިވަންކޮށް އެ ގައުމަށް ގެންގޮސްފި އެވެ.

ވާޖިބު އަދާކުރަނިކޮށް ފުލުހަކު ނިޔާވެއްޖެނަމަ އާއިލާއަށް ފުލުހުންގެ ހެލްތު އިންޝުއަރެންސް ދެނީ

ފުލުހުންގެ ވާޖިބު އަދާކުރަމުން ދަނިކޮށް ފުލުހަކު ނިޔާވެއްޖެނަމަ، އެ މީހެއްގެ އާއިލާއަށް ބޭސްފަރުވާ އާއި އިތުރު އިނާޔަތްތަކަށް ދޭ އަދަދު އިތުރުކޮށް ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފި އެވެ.

އިޒްރޭލަށް ދިޔަ ފްލައިދުބާއީގެ ފްލައިޓެއްގައި ޕައިލެޓުން މާރާމާރީ ހިންގުމަށް ފަހު އިމަޖެންސީގައި ސައޫދީއަށް ޖައްސައިފި

ދުބާއީން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީ ގެ ފްލައިޓެއް، ކޮކްޕިޓް ތެރޭގައި ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސައިފި އެވެ.

އިންތިހާބުގެ ކުރިން އިޒްރޭލަށް ހަމަލާދޭން އުޅޭ ކަމަށް ބުނެ ނަތަންޔާހޫ ބިރު އުފައްދަނީ

ގުދުސް (30 ސެޕްޓެމްބަރު) — އަންނަ މަހުގެ 27 ގައި އިޒްރޭލުގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކުރިން "ދުޝްމަނުން ހަމަލާއެއް ދީފާނެ" ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނުމާ ގުޅިގެން އެއީ އާންމުން ބިރުގަންނަވަން އޭނާ ދައްކާ ވާހަކަ ކަމަށް، އިދިކޮޅު ލީޑަރު ޔާއިރު ލަޕީޑް ތުހުމަތުކޮށްފި އެވެ.

Loading fresh headlines…