Live 129,604 stories Updated Sep 30, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އިންތިހާބުގެ ކުރިން އިޒްރޭލަށް ހަމަލާދޭން އުޅޭ ކަމަށް ބުނެ ނަތަންޔާހޫ ބިރު އުފައްދަނީ

ގުދުސް (30 ސެޕްޓެމްބަރު) — އަންނަ މަހުގެ 27 ގައި އިޒްރޭލުގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކުރިން "ދުޝްމަނުން ހަމަލާއެއް ދީފާނެ" ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނުމާ ގުޅިގެން އެއީ އާންމުން ބިރުގަންނަވަން އޭނާ ދައްކާ ވާހަކަ ކަމަށް، އިދިކޮޅު ލީޑަރު ޔާއިރު ލަޕީޑް ތުހުމަތުކޮށްފި އެވެ.

މޯލްޑިވިއަންގެ މާލީ ހާލަތު އަންނަނީ ރަނގަޅުވަމުން: އަމީން

ދަރަނީގެ ތެރޭގައި އޮތް ގައުމީ އެއާލައިން ހިންގުމަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު ކުންފުނީގެ މާލީ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމަށް ޓޫރިޒަމް އަދި ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީނީމަގުގައި އަލުން ތާރު އަޅާ ނިންމައި އާދިއްތަ ދުވަހު ހުޅުވާލަނީ

މާލޭގެ އަމީނީމަގުގައި މަރާމާތު ކުރަމުން އަންނަ ބައިގެ ފުރަތަމަ ސެގްމެންޓާއި ދެވަނަ ސެގްމެންޓު އަންނަ އާދިއްތަ ދުވަހު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހަތަރު މިލިއަނެއްހާ ބޭރު ފައިސާ ރާއްޖެއިން ގެންދަން އުޅުނު މީހުންގެ ބަންދަށް މަސް ދުވަސް

ރާއްޖެއިން ބޭރަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ތިބި ބިދޭސީ ބައެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ފެނުނު މައްސަލާގައި ހައްޔަރުކުރި މީހުން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

އީރާން ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

(ސެޕްޓެމްބަރު 30) – އީރާނާ އެކު މިހާރު ހިނގަމުންދާ ހަނގުރާމަ 'ވަރަށް އަވަހަށް' ނިމުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ނަމަވެސް، މި ހަނގުރާމަ ހުއްޓާލާނެ ވަކި ތާރީހެއް ނުވަތަ އޭގެ އެއްވެސް އިތުރު ތަފްސީލެއް ޓްރަމްޕްގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ދުނިޔޭގެ ފެންވަރުގެ 'ބްރިޓިޝް އެޑިއުކޭޝަން' އެޕްސަމް ކޮލެޖުން

އޭޝިއާގެ ގައުމުތަކާއި ހަމައަށް ދުނިޔޭގެ ފެންވަރުގެ 'ބްރިޓިޝް އެޑިއުކޭޝަން' ފޯރުކޮށްދޭ، މެލޭޝިއާގައި ހުންނަ އެޕްސަމް ކޮލެޖަކީ 170 އަހަރަށް ވުރެ ދިގު ތައުލީމީ ތާރީހަކާ އެކު ބައިނަލްއަގުވާމީ ތައުލީމީ މާހައުލެއް ފޯރުކޮށްދޭ ތަނެކެވެ.

މަލިކުގެ ހުޅަނގުން 526 ކިލޯގެ ޑްރަގާ އެކު އީރާނު ބޯޓެއް އަތުލައިގެންފި

އިންޑިއާ ސިފައިން އަރަބި ކަނޑުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 360 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ހުރި ބޯޓެއް ހިފަހައްޓައި ޕާކިސްތާނުގެ ފަސް މީހަކު އިންޑިއާގެ ކޯސްޓްގާޑުން ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

އައިއެމްއެފުން އިންޒާރުދިން ނަމަވެސް ލަންކާގައި އަލުން ތެލުގެ ސަބްސިޑީ ދެނީ

ކޮލަމްބޯ، ސްރީލަންކާ (ސެޕްޓެމްބަރު 29) - ސްރީ ލަންކާގެ އިންފްލޭޝަން، 38 މަސްދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ދިއުމާ ގުޅިގެން، އާންމު ދަތުރުފަތުރަށް މުހިންމު ޑީސަލްގެ އަގު ކޮންޓްރޯލްކުރުމަށް 126 މިލިއަން އެމެރިކާ ޑޮލަރުގެ ސަބްސިޑީއެއް ދިނުމަށް ނިންމައިފި އެވެ.

Loading fresh headlines…