Live 129,605 stories Updated Sep 28, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް ނެރުނު ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުވާ ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ބޭރު ފައިސާއިން ސާވިސް ޗާޖު ދޭން ލާޒިމްވާ އިސްލާހު އަވަސްކުރަން އެދިއްޖެ

ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އަވަސްކުރަން އެދިއްޖެ އެވެ.

ޑްރަގްގެ ފަރުވާއަށް އޮތް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ މައްސަލަ: ސިއްދީގު

ޑްރަގުގެ ފަރުވާއަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޖާގައިގެ މައްސަލަ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ޗެއާޕާސަން އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.

ޝުހާދުގެ މަރު: އަނިޔާގެ ތުހުމަތާއި ފަނޑިޔާރުންގެ ސުވާލުތަކަށް ފަހު ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

މީގެ 16 އަހަރު ކުރިން ޏ. ފުވައްމުލަކުގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތުތަކާއި ފަނޑިޔާރުންގެ ސުވާލުތަކަށްފަހު އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ހިލޭ ޑިގްރީއަށް 835 މިލިއަން ރުފިޔާ، އެކަމަކު ޕްރޮގްރާމް ނިންމި އަދަދެއް ނޭނގޭ

ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކުރިއިރު، ޑިގްރީ ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު ސާފުވާން ނެތް ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ދައްކައިފި އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގައި ޓޫރިޒަމްގެ އާ އީޖާދުތައް ތައާރަފްކޮށް އިސްނަގަންޖެހޭ: ރައީސް

ޑިޖިޓަލް ޓެކްނޮލޮޖީ އަދި އޭއައި އިން ޓޫރިޒަމް އިންޑަސްޓްރީއަށް ބަދަލުތައް ގެންނައިރު އާ އީޖާދުތައް ތައާރަފްކޮށް އިސްނަގައިގެން ކުރިއަށް ދާންޖެހޭ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދައުލަތަށް ނޫނީ ނުލިބޭނެ: މުއްތަލިބް

"މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމުގައި ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތް ފިޔަވައި އެހެން ބަޔަކަށް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ …

ކެމިކަލް ވިއްކުމުގެ ހުއްދަ މަސް ދުވަސް ތެރޭ ނުނަގައިފި ނަމަ، އެތަކެތި ރާއްޖެ އެތެރެ ނުކުރެވޭނެ!

"ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގަން ދިން މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށް، އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ، ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ އެ ފަރާތްތަކަށް ނުދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

Loading fresh headlines…