Live 129,605 stories Updated Sep 27, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އިޒްރޭލުގެ އިންތިހާބުން ބަދަލެއް ނާންނާނެ، ކެމްޕެއިން ކުރާނީ ޣައްޒާގެ ލެއިން: ހަމާސް

އިޒްރޭލުގައި ކުރިއަށް އޮތް އާންމު އިންތިހާބުން އެއްވެސް ބަދަލެއް އަންނާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށާއި، އިޒްރޭލުގެ ސިޔާސީ ޕާޓީތަކުން ކެމްޕޭންކުރާނީ ޣައްޒާގެ ރައްޔިތުންގެ "ލެއިން" ކަމަށް ހަމާސްގެ އިސް ލީޑަރަކު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ދަތުރުފަތުރަށް ނުރައްކާކުރާ ނަމަ އެންމެން އެކަމާ އުޅެންޖެހޭނެ: ސައޫދީ

ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ނުރައްކާކުރާ ނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ކޮންމެ ގައުމެއްގެ ވެސް ޒިންމާއެއް ކަމަށާއި އެކަމަކު ގަލްފު ސަރަހައްދުގައި މިހާރު އޮތް ނުތަނަވަސްކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރު ނުފެންނަ ކަމަށް ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސ…

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވޭނީ ގުދުސް ހިމާޔަތްކޮށްގެން: ރާއްޖެ

ގުދުސް އަދި ބައިތުލްމަގްދިސްގެ މުގައްދަސް ބިންތަކުގެ ހުރުމަތް ކެނޑުމާއި އިޒްރޭލުން ހިންގަމުންދާ ޣައިރުގާނޫނީ އަމަލުތައް ހަމައެކަނި އަނގަބަހުން ކުށްވެރިކުރުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

އީގަލް ހިލްސްއަށް ރަސްމާލޭގެ ޕްރޮޕަޓީ ވިއްކޭނީ ސަރުކާރުން ހުއްދަ ދޭ ބަޔަކަށް، ވިސާ ދޭނެ މީހުން ވެސް ނިންމާނީ ސަރުކާރުން

ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ވިއްކޭނީ ދިވެހި ސަރުކާރުން ހުއްދަ ދޭ ބަޔަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އުސޫލުން ބޭރުން ހައުސިންގެ ލޮކަރުތަކެއް ހުޅުވި މައްސަލައެއް ބަލައިފިން، އެއްޗެއް މަދެއްނުވޭ: ޕޮލިސް

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް، އޮންނަ އުސޫލުގެ ބޭރުން ހުޅުވާފައި ހުރި ކަމަށް އެ މިނިސްޓްރީން ކުރި ރިޕޯޓަކާ ގުޅިގެން އެކަން ބަލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Loading fresh headlines…