ސަލާމަތީ މަޖިލީހުގައި ވީޓޯ އުވާލައި، ކުދި ގައުމުތަކަށް ގޮނޑި ދޭންޖެހޭ: ނައިބު ރައީސް
އދ.ގެ ސަލާމަތީ މަޖިލީހުގައި ބޮޑު ފަސް ގައުމަކަށް ދީފައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލައި، ކުދި ގައުމުތަކަށް ހާއްސަ ގޮނޑިއެއް ކަނޑައަޅަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.