Live 128,349 stories Updated Aug 8, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގެއްލުނު މީހުން ހޯދަން ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދަން ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

ސައޫދީ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

އީރާނާއި އެމެރިކާގެ ހަނގުރާމަ އާއި ހޫތީންގެ ހަމަލާތަކާ ހުރެ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގާނޫނުއަސާސީގައި އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އިންތިހާއަށް އޮތުމުން އިސްލާހުތައް ގެންނަން ޖެހޭ: ފައިސަލް

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އަށް މިއަދު 18 އަހަރު ވީއިރު، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އިންތިހާ އަށް އޮތުމުގެ ސަބަބުން ގިނަ އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗަށް އާއްމުންގެ އިތުބާރު އަންނަނީ ބޮޑުވަމުން: ހަލީމް

އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާއި އެ ނަމްބަރުތަކަށް ބަލާއިރު ހޮސްޕިޓަލާ މެދު އާންމުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އުފަންވި 25 ޕަސެންޓަށްވުރެ ގިނަ ކުދިންގެ މައިންގެ އުމުރު 35 އަހަރުން މަތި

މިދިޔަ އަހަރު ރާއްޖޭގައި އުފަންވި ކުދިންގެ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިންގެ މައިންގެ އުމުރު 35 އަހަރަށް ވުރެ މަތި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އީރާންގެ ސަރުކާރު ވައްޓާލުމުގައި ނާކާމިޔާބުވުމުން މޮސާޑުގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި

އީރާނުގެ ސަރުކާރު ވައްޓާލުމަށް ރޭވި ރޭވުމެއް ނާކާމިޔާބުވުމުން ނުވަތަ އެކަމަށް ކުރި ޕްލޭނަށް އަމަލީ ސިފައެއް ނުގެނެވުމާ ގުޅިގެން، އިޒްރޭލުގެ ޖާސޫސީ އިދާރާ (މޮސާޑު)ގެ ވެރިޔާ ރޯމަން ގޮފްމަން، އެ އިދާރާގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި ކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށ…

Loading fresh headlines…