Live 129,606 stories Updated Sep 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގެސްޓް ހައުސް އެސޯސިއޭޝަނުން މޮސްކޯގައި ޓޫރިޒަމް ޕްރޮމޯޝަން އިވެންޓެއް ބާއްވައިފި

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިއްމު އެއް މާކެޓް ކަމަށްވާ މެދުތެރޭ އޭޝިއާ އާއި އިރުމަތީ ޔޫރަޕަށް އަމާޒުކޮށްގެން މޯލްޑިވްސް ނެޝަނަލް ހޮޓެލްސް ގެސްޓް ހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އިން ބާއްވާ "އައި އޭމް މޯލްޑިވްސް" ރޯޑްޝޯގެ ފުރަތަމަ އިވެންޓް ރަޝިއާގެ ވެރިރަށް މޮސްކޯގައި ބާއްވައިފި އެވެ.

އަލައްބާރު ދެއްވީ ރާއްޖޭގެ އިގުތިސާދާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ރަސްމާލެ މަޝްރޫއު ހިންގާނެ ކަމުގެ ޔަގީންކަން

ރާއްޖޭގައި އަލަން އާބާދު ކުރަން ތައްޔާރުވަމުން އަންނަ ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއިން ފަށަން ތައްޔާރުވާ ބިޔަ މަޝްރޫއު ކުރިއަށް ގެންދާނީ، ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމުގެ ޔަގީންކަން ދުނި…

ސިއްހީ ހާއްސަ ފަރުވާތައް މާލެއިން އެކަނި ލިބޭ ގޮތަށް އޮވެެގެން ނުވާނެ: މިނިސްޓަރު

ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމުގައި ގުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތަށް ރިއާޔަތްކުރަން ޖެހޭ ކަމަށާއި ހާއްސަ ހިދުމަތްތަކާއި ފަރުވާތައް ވެސް ހަމައެކަނި މާލެ އިން ލިބޭ ގޮތަށް ނިޒާމް ބައްޓަންވެފައި އޮވެގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

20 ބިލިއަން ޑޮލަރުގެ މަޝްރޫއަށް ޓެކްސް ލުޔެއް ނުދޭނެ، ފައިސާގެ ހުރިހާ މުއާމަލާތެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކުރީ ޓެކްސް ލުޔެއް ދޭ ގޮތަށް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ

ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓްގައި ބައްސާމްގެ ނަން ހިމަނައިފި

ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެެރެއިން ނުދައްކާ އޮތް ފައިސާގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން ހިމަނައިފި އެވެ.

ފުލުހުންނަށް ހަމަލާދިނުމުގެ ތުހުމަތުގައި މާފުށިން ހައްޔަރުކުރި މީހުންގެ މައްސަލަ ޕީޖީއަށް

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކ. މާފުށިން ހައްޔަރުކުރި ފަސް މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ ރަނގަޅުކުރަން ފަންނީ ހޭދަ އިތުރު ކުރަންޖެހޭ: ފަސްޓްލޭޑީ

ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ދޭ ފަރުވާ ވަރުގަދަކުރަން ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުމާއި އެކަމުގެ ފަންނީ ކުރިއެރުމަށް ކުރާ ހޭދަ އިތުރުކުރަން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.

Loading fresh headlines…