Live 128,349 stories Updated Aug 5, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޕީއެންސީގެ ކައުންސިލަރުން ވެސް ލާމަރުކަޒީ ގާނޫނުގެ އިސްލާހާ ދެކޮޅުހަދަން ނަޝީދު ގޮވާލައްވައިފި

ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވެސް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖަށް ނުކުންނަން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ކަނޑުތޮށީގެ އުސްމިނަކުން ވިލުންވެރިކަން ވަޒަނެއް ނުކުރެވޭނެ: ރައީސް

މޫސުަމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން ދިފާއުވުމުގެ ބާރު، ރެޒީލިއަންސް [ވިލުންވެރިކަން] އެއީ މިހާރު ހަމަ އެކަނި ކަނޑުތޮށީގެ އުސްމިނަކުން ނުަވަތަ އުމްރާނީ ވަސީލަތްތަކަކުން ވަޒަނެއް ކުރެވޭ ކަންކަން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސްކޭމް މައްސަލަތަކުގައި މިދިޔަ މަހު 1.4 މިލިއަނެއްހާ ރުފިޔާ ގެއްލުނު

މިދިޔަ މަހު ވެސް ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވާއިރު އެކި މައްސަލަތަކުގައި ޖުމްލަ 1.4 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބުނުކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވިއްސާރައިގެ ސަބަބުން އިންޑިއާގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މޫސުމީ ވިއްސާރައާ ގުޅިގެން ކުރިމަތިވި ފެންބޮޑުވުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި، މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްދާން މަޖުބޫރުވެއްޖެ އެވެ.

ހަމާސް އިން ހަތިޔާރު ބެހެއްޓުމުން ޣައްޒާއިން ފައިބާނެ ކަމަށް ބުނުމަށް ފަހު ނަތަންޔާހޫ ބަހަނާ ދައްކަން ފަށައިފި

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމުން ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައި ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ގޮތަށް ހަމާސް އިން އެއްބަސްވުމުން އެއީ އިޒްރޭލުން އެއްބަސްވި ގޮތެއް ނޫން ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކައިފި އެވެ.

އިމާރާތް ހުސްކުރަން އޮއްޕޮގެ ކުންފުނިން އެއްބަސްވެއްޖެ

މާފަންނު ސްޓޭޑިއަމް ސަރަހައްދުން އެފްއޭއެމުން ދޫކޮށްފައިވާ ބިމެއްގައި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުންފުނިން ހަދާފައިވާ އިމާރާތް ހުސްކުރަން އެ ކުންފުނިން އެންމެ ފަހުން ނިންމައިފި އެވެ.

Loading fresh headlines…