Live 12,023 stories Updated Aug 30, 2026
Showing: PSM
Browse topics PSM

PSM

Live feed

އިންޖިނިއަރިން ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓަރީއެއް ޤާއިމުކުރަނީ

ރާއްޖޭގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަހުލީލާއި ދިރާސާތައް ކުރެވޭނެ ފެންވަރުގެ ލެބޯޓަރީއެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވައިފިއެވެ. މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫ…

އިންޝުއަރެންސާބެހޭ 2 ގަވާއިދަކަށް ޢަމަލުކުރަން ފަށައިފި

އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް ނެރެ ޢަމަލުކުރަން ފަށައިފިއެވެ. އިންޝުއަރެންސްއާބެހޭ ޤާނޫނު ތަންފީޛުކޮށް ހިންގުމަށް ބޭނުންވާ ދެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ. މި ގަވައިދުތައް ޝާއިޢުކޮށްފައި ވަނީ 27 އޮގަސްޓު 2026 ގައެވެ. މި ގަވާއިދުތަކަކީ އިންޝުއަރެނ…

އަނިޔާވި ކުއްޖާ އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއަށް ބަދަލުކޮށް، ފަރުވާދޭން ފަށައިފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ކުޑަކު…

ބޮޑު ހޭދައެއްކުރި ޓޮޓްނަމް, ނިއުކާސަލް އަތުންވެސް ބަލި

މި ސީޒަނަށް 300 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ޓޮޓްނަމް ހޮޓްސްޕަރ ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ. ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައ…

ބާކޯލާ 123 މިލިޔަން ޕައުންޑަށް ލިވަޕޫލަށް ގެންދަން އެއްބަސްވުމަކަށް

ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންއަށް ކުޅޭ ފަރަންސޭސިވިލާތުގެ ފޯވަޑް ބްރެޑްލީ ބާކޯލާ 123 މިލިޔަން ޕައުންޑްގެ އަގުހުރި ޑީލެއްގެ ދަށުން އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ގެންދިއުމަށް އެއްބަސްވުމަކަށް އާދެވިއްޖެކަމަށް އިނގިރޭސި މީޑިއާތަކުން ހަބަރު ދޭން ފަށައިފިއެވެ. މިއާއެކު އުމުރުން …

ސެވިއްޔާ ބަލިކޮށް އެތުލެޓިކޯ ތާވަލުގެ 1 ވަނައަށް

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް އެތުލެޓިކޯ ޖެހިލައިފިއެވެ. ސެވިއްޔާގެ އެސްޓާޑިއޯ ރާމޮން ސަންޗޭޒް ޕިޒްހުއާންގައި ކުޅުނު މިމެޗު އެޓްލެޓީއިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނ…

"ސިނަމާލެ ބުރިޖަކީ އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއް"

ސިނަމާލެ ބުރިޖު މަޝްރޫޢަކީ، އެމަޝްރޫޢުގައި މަސައްކަތްކުރެއްވި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ސިނަމާލޭ ބުރިޖު މަޝްރޫޢުގައި އެންމެ ފުރަތަމަ މަރުޙަލާ…

އޭޝިއަން ގޭމްސްއަށް ޤައުމީ ޓީޓީ ޓީމުގެ 8 ކުޅުންތެރިން

އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ޤައުމީ ޓޭބަލްޓެނިސް ޓީމުން 8 ކުޅުންތެރިން ވާދަކުރާނެކަމަށް ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. މުބާރާތުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް …

ޖޭ 30 މުބާރާތުން ގިނަ ކުރިއެރުންތަކެއް ހޯދުނު: ކަރިން

މާލޭ ޓެނިސް ކޯޓުގައި ފޯރިއާއެކު ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ޓެނިސް މުބާރާތެއްކަމަށްވާ އައިޓީއެފް ޖޭ 30 އިން ގިނަ ކުރިއެރުންތަކެއް ހޯދުނުކަމަށް ރާއްޖޭގެ އުންމީދީ ޓެނިސް ތަރި އާއިޝަތު ކަރިން ސައިޒާން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކަރިން ބުނީ މިމުބާރާތުގެ ސަބަބުން އޭނާއަށް ގިނަ ކ…

އިންޖިނޭރުންގެ ދުވަސް: ރާއްޖޭގެ ޒަޢާމަތުގައި އިންޖިނޭރެއް

ރާއްޖޭގައި މިއަދު އިންޖިނޭރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހާ ގުޅުވައިގެންް ފާހަގަކުރާ ދުވަހެކެވެ. އިންޖިނޭރުންގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި ޒަަޢާމަތުގައ…

ލިވަޕޫލް ކުޅުނު ދެވަނަ މެޗުވެސް އެއްވަރު

އިންގްލިޝް ޕްރިމިއަރ ލީގުގައި ނޮޓިންގހަމް ފޮރެސްޓާއި ލިވަޕޫލް ބައްދަލުކުރި ލީގުގެ ދެވަނަ މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު…

ބަލަންޑޯ ލިބެންވީ އެމްބާޕޭ އަށް؟

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މި އަހަރު ލިބެންވީ ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަން އެމްބާޕާ އަށް ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. ސަބަބުތަކެއް ވެސް ތަޖުރިބާކާރު ދެއްކި އެވެ. ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އިޓަލީގެ އިންޓަމިލާނާއި ރޯމާ އާއި ޕޯޗުގަލްގެ ޕ…

Loading fresh headlines…