Live 12,026 stories Updated Aug 28, 2026
Showing: PSM
Browse topics PSM

PSM

Live feed

ކަރަބާއޯ ކަޕްގެ ތިންވަނަ ބުރަށް ޗެލްސީ

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ތިންވަނަ ބުރުގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ. ޗެލްސީން މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ލީގު ވަންގެ ކްލަބެއް ކަމުގައިވާ ލުޓޮން ޓައުން އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި…

ބ.އަތޮޅުގެ 3 ރަށެއްގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ބ. އަތޮޅުގެ 3 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. މި އޭޓީއެމްތަކުން 24 ގަޑިއިރު ޚިދުމަތްލިބޭނެކަމަށް އެމްއައިބީން ވަނީ ބުނެފައެވެ. އެމްއައިބީން އޭޓީއެމްގެ ޚިދުމަތް އަލަށް ފަށާފައިވަނީ ބ. ކެންދޫ، ގޮއިދޫ އަދި ތުޅާދޫގައެވެ. އަލަށް ގާއިމުކުރެވުނު އޭޓ…

ޕީއެސްޖީ އާއި ބާސެލޯނާ އަދި ސިޓީ، އާސެނަލްއާ ދެކޮޅަށް ރެއާލް

ޔޫއޭފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ސްޕޭނުގެ ބާސެލޯނާ އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ގްރޫޕް ސްޓޭޖުގައި ވާދަ ކުރަން ޖެހިއްޖެ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސްޕޭނުގެ ރެއާލް މެޑްރިޑް ވާދަ ކުރަން ޖެހުނު ގަދަ ޓީމުތަކަކީ އިނގިރޭސި ޗެމ…

ޕާސްޕޯޓް ދޫކުރާ އުސޫލަށް ބަދަލުތަކެއް!

ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހު…

ރައްޔިތުންގެ އަޑު: ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަން

"ރައްޔިތުންގެ އަޑު"އަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. "ރައްޔިތުންގެ އަޑު"ގެ ތިންވަނަ އެޕިސޯޑުގައި ބާއްވާފައިވާއިރު، ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބޯހިޔާ…

ބޮސްނިޔާގައި ގަތުލްއާއްމު ހިންގި ރެޓްކޯ މްލަޑިޗް މަރުވެެއްޖެ

ބޮސްނިއާގެ މުސްލިމުން ނަސްލުހޭދުކުރުމަށް 1995 އަހަރު ހިންގި ޢުދުވާނުގެ މޭސްތިރިޔާ، ރެޓްކޯ މްލަޑިޗް މަރުވެެއްޖެއެވެ. އޭނާ މަރުވީ އދގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އޭނާ މަރުވި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު މްލަޑިޗްގެ ސަރބިޔާގެ ފައުޖުތަކުން ވަނީ ބ…

ޔޫއޭފާގެ ވިސްނުމަކީ އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ ދައުވާކުރުން

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް ޔޫއޭފާއިން މަސައްކަތް ފަށައިފި އެވެ. މި ގޮތަށް ނިންމައި މިކަމަށް ބޭނުންވާ ލިޔެކިއުންތައް ހޯދަން ފީފާ އަށް ހުށަހަޅަން ނިންމީ ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ގުރުނު ނެގުމުގެ ރަސްމިއްޔާތުގެ ކުރިން މިއަދު ފްރާންސްގެ މޮނާކޯގައި ޔޫއޭފާގެ އިސ…

އަސްކަރީ އުޅަނދުތައް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން ހުއްދައެއް ނުދޭނެ

އީރާނާއި ޢުމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިންވެސް، ހުރްމުޒް ކަނޑުއޮޅިން ބޭރު ޤައުމުތަކުގެ އަސްކަރީ އުޅަނދުފަހަރަށް ދަތުރުކުރުމުގެ ޙުއްދަ ދެވެން ނޯންނާނެ ކަމަށް، އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ހާމަކުރައްވައިފި އެވެ. ދައުލަތުގެ މީޑިއާއަށް އަންގާރަ ދުވަހުގެ ރޭ ދެއްވި ބ…

ރެއާލަށް ކުޅުނު ރޮޑްރިގޭޒް އޮޑިއަށް

ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ މިޑްފިލްޑަރު ހޯސޭ ރޮޑްރިގޭޒް ރާއްޖޭގެ އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ރާއްޖެ އައިސްފިއެވެ. އޮޑި ސްޕޯޓްސް ކްލަބުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ރޮޑްރިގޭޒް އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ރޮޑްރިގޭޒް ވަނީ މީގެ…

ހުޅަނގު އައްސޭރިއަށް އިތުރު ޔަހޫދީ ސިފައިން

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންގެ ބަޓާލިއަންތަކުގެ އަދަދު 26 އަށް އިތުރުކޮށް، ސަރަޙައްދީ އަސްކަރީ ބާރު ވަރުގަދަކޮށްފިއެވެ. އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންގެ ބާރުތައް އިތުރަށް ވަރުގަދަކޮށް، ސަރަޙައްދުގައި ހަރަކާތްތ…

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު މިވަގުތަށް ރަނގަޅު: އޭޑީކޭ

މާލޭ ގެއެއްްގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާއާ ގުޅިގެން ހާލު ސީރިއަސްވެ ފަރުވާދެމުންދާ 19 އަހަރުގެ އަންހެންކުއްޖާގެ ހާލު މިވަގުތައް ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ހިނގި މިހާދިސާގައި 51 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު 19 އަހަރު…

އަލްވަރޭޒް ބާސާއަށް ނުވިއްކަން ނިންމައިފި

ސްޕެނިޝް ލަލީގާގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ނުވިއްކާނެކަން އެތުލެޓިކޯއިން ރަސްމީކޮށް ހާމަކޮށްފިއެވެ. އެތުލެޓިކޯއިން މިކަން ހާމަކޮށްފައިވަނީ އެކްލަބްގެ ބޯޑުގެ އިއްތިފާގުން ކްލަބްގެ މިވިސްނުމަށް ތާއީދު ކުރުމާއި ގުޅ…

Loading fresh headlines…