Live 9,908 stories Updated Jul 6, 2026
Showing: PSM
Browse topics PSM

PSM

Live feed

މުމްބާއީއަށް ބޯކޮށް ވާރޭވެހި މަދަރުސާތައް ބަންދު

އިންޑިޔާގެ މުމްބާއީއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހޭތީ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތަކާއި ކޮލެޖުތައް ބަންދުކޮށްފިއެވެ. އިންޑިޔާގެ މޫސުމާބެހޭ އިދާރާ، އައިއެމްޑީއިން ވަނީ ބޯކޮށް ވާރޭވެހި, ކޮޅިގަނޑުގައި ބާރަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އެއާއެކު މުމްބާއީގެ ބްރިހަންމު…

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: ރޮނާލްޑޯ

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ ކެރިއަރުގައި ކުޅޭނެ ފަހު ވޯލްޑް ކަޕް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ މިކަން އިއުލާނުކުރީ މުބާރާތުގެ ރައުންޑް އޮފް 16އަށް ޕޯޗުގަލް ދަތުރުކޮށްފައިވާއިރު، ރައުންޑް އޮފް 16 މެޗުގެ ކުރިން ބޭއްވި…

އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް އޯގަސްޓް މަހުގެ ނިޔަލަށް ޑިޖިޓަލްކުރަނީ

އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ޑިޖިޓަލްކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވ…

އޯޕެކް ޕްލަސްއިން ބާޒާރަށް ނެރޭ ތެލުގެ އަދަދު އިތުރުކުރަނީ

އޮގަސްޓު މަހުން ފެށިގެން އޯޕެކް ޕްލަސްގެ ޤައުމުތަކުން ބާޒާރަށް ނެރޭ ތެލުގެ ނިސްބަތް އަނެއްކާ ވެސް އިތުރު ކުރުމަށް އެ ޤައުމުތަކުން އެއްބަސްވެއްޖެއެވެ. އޯޕެކް ޕްލަސްއިން މި ނިންމުން ނިންމާފައި މި ވަނީ ހުރްމުޒް ކަނޑުއޮޅި މަޑުމަޑުން ހުޅުވައިލަމުންދާތީ ތެލުގެ އަގުތައް ދަށަށް ދާން ފަށާފައިވާ ދަނޑިވަޅެއްގަ…

އުނދަގުލުން މެކްސިކޯ ބަލިކޮށް، އިންގްލެންޑް ކުއާޓަރ ފައިނަލަށް

އުނދަގުލުން މެކްސިކޯ ބަލިކޮށް، ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ. 1986 ވަނަ އަހަރުގެ މުބާރާތުގެ ކްއާޓާ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި، މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި އިންގްލެންޑުން މެކްސިކޯ ބަލިކުރީ 3-2 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ މިނި…

އަލިފާނުގެ ހާދިސާއާ ގުޅިގެން 58އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން

ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ނޭޝަނަލް ޑިޒާސްޓަރަ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58އަށް ވުރެ ގިނަ މީހުންނަށް …

ނާކާމިޔާބީއާއެކު ނޭމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި

ފީފާ ވޯލްޑް ކަަޕް 2026ގައި ބްރެޒިލްއަށް ކުރިމަތިވި ނާކާމިޔާބީއާއެކު، އެ ޓީމުގެ ތަރި ނޭމާ ޖޫނިއަރ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ. އުމުރުން 34 އަހަރުގެ ނޭމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކުރީ، މުބާރާތުގެ ރައުންޑް އޮފް 16ގައި އެމެރިކާގެ މެޓްލައ…

ބްރެޒިލް ކަޓުވާލުމަށްފަހު، ހާލަންޑް ނޯވޭ ގޮވައިގެން ކްއާޓާ ފައިނަލަށް!

ހާލަންޑްގެ ދެ ގޯލުން ބްރެޒިލް ކަޓުވާލުމަށްފަހު, ނޯވޭ ފީފާ ވަރލްޑްކަޕްގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ނޯވޭ ތާރީޚީ ކްއާޓާ ފައިނަލަށް ދަތުރުކުރީ 2-1 ން މުބާރާތުގެ އެންމެ ކާމިޔާބު ބްރެޒިލް ބަލިކުރުމަށްފަހުއެވެ. މެޗުގެ ދެވަނަ ހާފްގައި ދެ ގޯލްވެސް ޖެހީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑެވެ. 79 ވަނަ …

ފުންފަޅުގޭ އަލިފާނުގެ ހާދިސާ: ދުމުގެ އަސަރުކޮށްގެން 21 ފަރާތަކަށް ފަރުވާ ދެނީ

ގ. ފުންފަޅުގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 21 ފަރާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައެވެ. އަލިފާނުގެ ހާދިސ…

ފުންފަޅުގޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މިރޭ ހިނގި އަލިފާނުގެ ހާދިސާ، ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައ…

އިލާންގެ ލަނޑުތަކުން ބުރު އަތުންވެސް މާޒިޔާއަށް ބޮޑު މޮޅެއް!

19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގައި، އިލާންގެ ލަނޑުތަކުން ބުރު އަތުންވެސް މާޒިޔާ އިން ބޮޑު މޮޅެއް ހޯދައިފިއެވެ. ބުރު އަތުން މާޒިޔާ މޮޅުވީ 7-1 ނެވެ. ފުރަތަމަ ހާފްގައި މާޒިޔާއިން ފަސް ލަނޑު ޖެހިއިރު، ކެޕްޓަން މުޙައްމަދު އިލާން އިމްރާން ހެޓްރިކް ފުރިހަމަ ކުރިއެވެ. މާޒިޔާއަށް ފުރަތަމަ ލަނޑު ޖަހާ…

ގަލޮޅު ފުންފަޅުގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ލޮނުޒިޔާރަތްމަގު ގ. ފުންފަޅުގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ރޯވެފައިވަނީ ގ.ފުނަފަރު ނަމަކަށް ކިޔާ ގޭގައިކަމަށެވެ. އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސް މިހާރު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ…

Loading fresh headlines…