Live 12,033 stories Updated Aug 22, 2026
Showing: PSM
Browse topics PSM

PSM

Live feed

ޅ. އަތޮޅުގެ ޗެމްޕިއަނަކަށް ހިންނަވަރު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ހިންނަވަރުން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރުން ހޯދީ ފައިނަލުގައި ނައިފަރުގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ ލިބި، ވާދަވެރިކަން ބޮޑުވި މި މެޗުގައި ފުރަތަމަ ލަނޑުޖަހައި …

މަނަދޫ ބަލިކޮށް ޗެމްޕިއަންކަން މަގޫދުއަށް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން މަގޫދުއިން ހޯދީ، ފައިނަލް މެޗުގައި، އަތޮޅު މުބާރާތުގެ ހޯސްޓު، މަނަދޫގެ މައްޗަށް 0-5 އިން ކުރިހޯދައިގެންނެވެ. މަގޫދޫ ޓީމުން ތަފާތު މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ހާފުގަ…

އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދަށް އިސްލާހުތަކެއް

މީހުން ދިރިނޫޅޭ ރަށްރަށުގައި ފޯރުކޮށްދޭ އެކޮމޮޑޭޝަނާއި ކަނޑު އުޅަނދުފަހަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ އުޅަނދުން ފޯރުކޮށްދޭ އެކޮމޮޑޭޝަން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފުގެ އުޖޫރައިގެ ބައެއްގެ ގޮތުގައި ހިމަނަން ނުޖެހޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދަށް އިސްލާހު …

ތިލަމާލެ ބުރިޖު: މާލެ ވިލިމާލެ ގުޅުވައިދޭ ފަހު ސެގްމަންޓު މާދަމާ ގުޅާލަނީ

ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު މާދަމާ ގުޅާލުމަށް ތައްޔާރުވެއްޖެއެވެ. ތިލަމާލޭ ބުރިޖަކީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ. ތިލަމާލެ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކ…

މެދުއިރުމަތީގެ ހަނގުރާމައާއެކު އޭޝިއާގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވަނީ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އޭޝިއާގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓުތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރަމުންދާރީ އޭޝިއާގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވަމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ބުނެފިއެވެ. މެދުއިރުމަތީގެ ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައި އޭޝިއާ ސަރަޙައ…

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ އިންތިޚާބީ ރައީސް މިރުޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ވާދަވެރި ރިޔާސީ އިންތިޚާ…

ޕަރެޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ގަވީ ވެސް ސަސްޕެންޑް ކޮށްފި

ވޯލްޑް ކަޕް ފައިނަލަށް ފަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ކުޅުންތެރިންނާއި ސްޕޭނުގެ ގަވީ ސަސްޕެންޑް ކޮށްފި އެވެ. ފީފާއިން މި މައްސަލަ ތަހުގީގު ކުރުމަށްފަހު އެންމެ ބޮޑު ސަސްޕެންޑަށް ދީފައިވަނީ އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންދްރޯ ޕަރެޑޭސް އަށެވެ. އޭނާ ސަސްޕެންޑް ކުރީ 10 މެޗ…

ޕެނަމާ ކެނޭލްއިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު މަދުކުރަނީ

އެލް ނީނޯގެ ސަބަބުން ކުރިމަތިވެދާނެ ތިމާވެށީގެ ކާރިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ޕެނަމާ ކެނޭލް އިން ދުވާލެއްގެ މައްޗަށް ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މަދުކުރަން ނިންމައިފިކަމަށް އެ ކެނޭލް ބަލަހައްޓާ އިދާރާއިން އިޢުލާނުކޮށްފިއެވެ. އެލްނީނޯ އަކީ ކޮންމެ ދެ…

ފަޚުރުވެރި ވަނައަކާއެކު އެންމެ ބޮޑު ޤުރުއާން މުބާރާތުގެ ބައިވެރިން ރާއްޖެއަށް

"46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ. "ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތަކީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރ…

މުސިއާލާ އާއި މެދު ކަންބޮޑުވާންޖެހޭ ކަމެއް ނެތް: ކޮމްޕެނީ

ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅޭ ޖަރުމަނުވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޖަމާލް މުސިއާލާގެ ސިއްހަތާމެދު ކަންބޮޑުވާންޖެހޭ މާބޮޑު ކަމެއް ނެތް ކަމަށް އެޓީމުގެ ކޯޗު ވިންސެންޓް ކޮންޕެނީ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އާ ސީޒަން ފެށުމުގެ ގޮތުން ބޮރޫޝިއާ ޑޯޓްމުންޑާއި ދ…

ޔޫއެސްއެސް ލިންކަންގެ ބަދަލުގައި މެދުއިރުމައްޗަށް އިތުރު މަނަވަރެއް

އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ އިތުރު މަނަވަރެއް ޢަރަބި ކަނޑަށް ފޮނުވައިފިއެވެ. ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން އެ ސަރަހައްދަށް ފޮނުވާފައި ވަނީ، ހަނގުރާމައިގައި މިހާރު އިސް ދައުރެއް އަދާކުރަމުންދާ ޔ…

Loading fresh headlines…