Live 9,908 stories Updated Jul 1, 2026
Showing: PSM
Browse topics PSM

PSM

Live feed

ސަލްޓަން ޕާކުގައި އީ-ސްޕޯރޓްސް އޭރިއާ ޤާއިމްކުރާނެ ބަޔަކު ހޯދަނީ

ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް މާލީ ވުޒާރާއިން ވަނީ ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ތަރ…

ޓެރަރިޒަމް ހުއްޓުވުމާއި ގުޅޭގޮތުން ސައޫދީއާއެކު މަޝްވަރާކޮށްފި

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކްތައް އިތުރުކޮށް ގުޅިގެން ތަމްރީނުތައް ހިންގައި ފަންނީ ގާބިލުކަން އިތުރުކުރުމަށް ސައޫދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައްކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ ސައުދީގެ ޑިފެންސް މިނިސްޓަރ، ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސ…

ހުޅަނގު އައްސޭރީގެ މުހިއްމު ސަރަޙައްދުތައް އަތްދަށުކުރަން ޔަހޫދީން ރާވަނީ

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ މުޙިއްމު 100 ސަރަޙައްދެއްގެ މައްޗަށް އަތްގަދަކުރަން ޔަހޫދީން ރާވަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ. 1995ވަނަ އަހަރުގެ އޮސްލޯ މުޢާޙަދާގެ ދަށުން ފަލަސްޠީނުގެ ބާރުގެ ދަށުގައި އޮތް "އޭރިއޭ އޭ"ގައި ހިމެނޭ މި ސަރަޙައްދުތަކަށް ޔަހޫދީންގެ ނިރުބަވެ…

ފީފާ ވޯލްޑްކަޕް 2026 ގަދަ 32: ފްރާންސް - ސްވިޑަން

ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި މިރޭ ސްވިޑަން އާއި ދެކޮޅަށް ފްރާންސް ނިކުންނައިރު, އެ ޓީމުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލާފައިވަނީ ޖެހިޖެހިގެން ތިން ވޯލްޑްކަޕްގެ ފައިނަލުގައި ކުޅެ މި މުބާރާތުގެ ތަށި ހޯދުމަށެވެ. ގްރޫޕް އައި ގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 32 ގެ ޖ…

ފީފާ ވޯލްޑްކަޕް 2026 ގަދަ 32: އައިވަރީ ކޯސްޓް - ނޯވޭ

ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި މިރޭ ނޯވޭ އާއި ދެކޮޅަށް އައިވަރީ ކޯސްޓް ނިކުންނައިރު މިއީ އެފްރިކާގެ ގަދަބާރެއް ކަމުގައިވާ އައިވަރީ ކޯސްޓް އިން ވޯލްޑްކަޕްގެ ދެވަނަ ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ފީފާ ވޯލްޑްކަޕްގައި ހަތަރުވަނަ ފަހަރަށް އައިވަރީ ކޯސްޓް އިން ވާދަކުރާއިރު, އެ ޓީމުން މި ފަހަރުގެ މ…

"އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލު ގެނައުމުގައި ދަތިތަކެއް އެބަހުރި"

މިވަގުތުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވ…

އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފި

އިންޑިއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސްގައި މިދިޔަ މާރިޗު މަހު ވަނީ ސޮއިކޮށްފައެވެ. އިންޑިއާއާއި ރާއްޖެއާ…

ވެނެޒުއެލާގެ ބިންހެލުން: ސަރުކާރުގެ އެހީ ލަސްވުމުން ޝަކުވާ ބޮޑުވަނީ

ވެނެޒުއެލާއަށް ހުސްވި ހަފުތާގައި އައި ބާރުގަދަ ދެ ބިންހެލުންތަކަށްފަހު، ސަރުކާރުގެ އެހީ ލަސްވުމުން ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ އިތުރުވާން ފަށައިފިއެވެ. ބިންހެލުންތަކުގައި މިހާތަނަށް މަރުވިކަން ކަށަވަރުކުރެވިފައިވާ މީހުންގެ ޢަދަދު ވަނީ 1،719 އަށް އުފުލިފައެވެ. އަދި، 5،034 މީހުންނަށް އަނިޔާވެ، …

މޭ މަހު ޒަކާތުގެ ހަތަރުބައިކުޅަ ތިންބައި ބޭސްފަރުވާގެ އެހީއަށް

މިދިޔަ މޭމަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ. ޒަކާތުހައުސިން ހާމަކުރި ތަފާސްހިސާބުތައް އެކުލަވާލާފައި ވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރ…

އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަކީލްއަށް ރުހުންދޭ ފެންނަ ކަމަށް 51 މެމްބަރުން، ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. މިހާރު މަޖިލީހުގައި މެމްބަރުން ތިބި …

ދެ އަހަރާއި ބައިގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީގެ 5 އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2019 އިން 2023 އަށް އަތުލައިގަ…

ޠާރިޤް ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީ ސަރުކާރަށް އަރުވައިފި

އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު، ޠާރިޤް އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ސަރުކާރަށް އަރުވައިފިއެވެ. ފަތްކޮޅު އަރުވާފައިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރ އުމަރު އުބައިދު އަލްޝަމްސީއަށެވެ. މިބައްދަލުކުރެއްވުމުގައި އަލްޝަމްސީވަނީ އައު ސަފީރަށް …

Loading fresh headlines…