Live 12,034 stories Updated Aug 20, 2026
Showing: PSM
Browse topics PSM

PSM

Live feed

ވީއޭއެމް ކަޕް: ފައިނަލްގައި އެމްޓީސީސީއާއި ސިފައިން

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުން، މި މުބާރާތުގައި މުޅިން އަލަށް ވާދަކުރި ކްލަބް އެމްޓީސީސީން ޖާގަ ހޯދިއިރު، ލަޔަންސް ރެކްރިއޭޝަން ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބްވެސް ފައިނަލަށް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ބުދަ ދުވަހު ކުރިއަށްދިޔައިރު، ސެމީގެ ފުރަތަމަ މެޗު…

މުސިއާލާ ނާރުގެ ބައްޔެއް ތަހައްމަލުކުރަނީ

ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅޭ ޖަރުމަނުވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ނުވަތަ ނިއުރޮލޮޖިކަލް ޑިސްއޯޑަރއެއް ތަހައްމަލްކުރަން ޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ. މުސިއާލާ ވަނީ ބަޔާން އެންމެ ފަހުން ކުޅުނު ރަހްމަތްތެރިކަމުގެ ދެމެޗުގައ…

ޖަޕާންގެ ސުޒުކީ ވިލާއަށް

ޖަޕާން ޤައުމީ ޓީމުގެ ކީޕަރ ޒިއޮން ސުޒުކީ އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ. އިޓާލިއަން ސެރީއާގެ ޕާމާއަށް ކުޅެމުންދާ ސުޒުކީ ވިލާއަށް ސޮއިކޮށްފައިވަނީ 30 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އުމުރުން 23 އަހަރުގެ ސުޒުކީ ވިލާއަށް ގެންދިއުމުގެ މަސައްކަތް އެޓީމުން ފަށާފައިވަނީ ވިލާގ…

ރެއާލްއަށް ރޮޑްރީ ބޭނުމެއްނުވޭ: މޮރީނިއޯ

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ދާދިފަހުން ސޮއިކުރި ސްޕެއިންގެ ޤައުމީ ޓީމުގެ ކެޕްޓަން ރޮޑްރީ އަކީ ރެއާލް މެޑްރިޑަށް ބޭނުން ކުޅުންތެރިއެއް ނޫން ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ. މޮރީނިއޯ މިހެން ބުނެފައިވަނީ އެލް ޗިރިންގުއިޓާ ޓީވީ ޝޯއަށް ދިން އިންޓަރވިއުއެއްގައެވެ. މޮރީނ…

ނިއު ބަލިކޮށް މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަޕް ވިނާސް ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ. މާޒިޔާއާއި ނިއުރޭޑިއަންޓް އެންމެ ފަހުން ބައްދަލުކުރި ހަތަރު މެޗު ވެސް މި ނިމުނީ 90 މިނިޓްގައި ނަތީޖާ ނުނެރެވިއ…

މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް!

މާލެ މަސް މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މިރޭގެ ވަގުތެއްގައި މާލޭގެ މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. ފުލުހުން މިކަމާއި…

ވިލާތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފާނެތަ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވަމުންދާ ހަނގުރާމަ އިތުރަށް ފުޅާކުރައްވައިފިނަމަ، އިރުދެކުނު ވިލާތުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ފުރުސަތުތަކާ މެދު އީރާނުން ވިސްނަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުދަ ދުވަހު ރިޕޯޓުކޮށްފިއެވެ. …

ގާޟީ އިޚްސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި

ސިވިލް ކޯޓުގެ ގާޟީ އަބްދުﷲ އިހުސާން ސަސްޕެންޑްކުރީ އޭނާއަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ހާމަކުރައްވައިފިއެވެ. ގާޟީ އިޙްސާން، މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ޖު…

އެމްއެމްއޭގެ 2 ގަވާއިދަކަށް ޚިޔާލު ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ 2 ގަވާއިދަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފިއެވެ. އެމްއެމްއޭއިން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއުޑެލިޖަންސް ރެގިއުލ…

އިނގުރައިދޫ ބަލިކޮށް ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރަށް

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ރ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ. ރާއްޖޭގެ ފުޓްސަލްގައި އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި އޮތް ރ. އަތޮޅަށް ނިސްބަތްވާ ދުވާފަރާއި އިނގުރައިދޫގެ ކުރިމަތިލުމުގައި ދުވާފަރުން ކުރިހޯދީ 1-3ގެ ނަތީޖާއަކުންނެވެ. އިނގުރައިދޫގެ ދަނޑުގ…

ރަން ނަގާ ވަޅެއްގައި ނުރައްކާތެރި ހާދިސާއެއް، އެތައް ބަޔަކު މަރު

އެފްރިކާގެ ޤައުމެއް ކަމަށްވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރަން ނަގާ ވަޅެއްގި ފަސްގަނޑު ފައިބައިގެން ދިޔުމުގެ ސަބަބުން 30އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެ ހާދިސާ ހިނގާފައި ވަނީ އެ ޤައުމާއި ކެމެރޫންއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައެވެ. ކެމެރޫންގެ މީޑިޔާއިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ …

ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކަށް ސަޢޫދީގެ އެހީތެރިކަން ހޯދަނީ

ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން ސައުދި އަރަބިއްޔާއާއި ދިވެހިރާއްޖެ ދެމެދު މަޝްވަރާކޮށްފިއެވެ. މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ސައުދި އަރަބިއްޔާއަށް ކުރައްވަމުން…

Loading fresh headlines…