Live 12,056 stories Updated Aug 13, 2026
Showing: PSM
Browse topics PSM

PSM

Live feed

މެސީ އެނބުރި ކުޅުމުގެ ތެރެއަށް، ބަލިވެ ޓީމް ކަޓައިފި!

ބައްޕަ މަރުވުމުން ވަރަށް އަވަހަށް ކުޅުން ހުއްޓަލަފާނެ ކަމުގެ އިޝާރާތެއް ދިންތާ 24 ގަޑިއިރުގެ ތެރޭގައި މެސީ ކުޅުމުގެ ތެރެއަށް އަތުވެއްޖެއެވެ. މިމަހުގެ 7 ވަނަ ދުވަހު މެސީގެ ބައްޕަ މަރުވުމުން ކުޅުމާ އަދި ޓީމާވެސް ދުރުގައި ހުރި މެސީ އެނބުރި އައީ މޮޅުވާން މަޖުބޫރު މެޗެއްގައި ލީގުކަޕްގައި މެކްސިކޯގެ ލެއޮނ…

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އަލުން އިޢުލާންކޮށްފި

ބ. ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އަލުން އިއުލާންކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ވާގޮތުން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް ޝައުގ…

ބީއެމްއެލްގެ ބޭންކް ފަންޑް ފަސް ޖަމްޢިއްޔާއަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކޮންމެ އަހަރަކު ދެމުންދާ 'ބޭންކް ފަންޑް' މިއަހަރު ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ. ބީއެމްއެލްގެ ބޭންކް ފަންޑަށް މި އަހަރު 5 ޖަމިއްޔާއެއް ހޮވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިއްދޫ ކުރިމަގު، ޔުނިޓީ ސްޕޯޓްސް އެކަޑަމީ، ލާމު ފާމަރސް އެސޯސިއޭޝަން، ބްލޫ ގިލްޑް ފ…

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފި

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ކުރިފުޅުމަތީގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާތުމަތު ފަރުހީޒާއެވެ. ހުވާކުރެ…

"ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންނާއެކު މަސައްކަތްތައް ހަލުވިވާނެ"

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި އިތުރު ފަނޑިޔާރުންނާއެކު އެ ދެކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ. ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ، ސިވިލް ކޯޓާއި ކްރިމ…

ޤައުމީ ދުވަހުގެ ޖަލްސާ: ޝަރަފުވެރިކަމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާނެ

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާނެއެވެ. މި ޖަލްސާ އޮންނާނީ، އުތީމުގައި މި މަހުގެ 15ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. މިއަހަރު ޝ…

ފިޓްނަސް އައިކަން މިލިންދުއާއެކު މޯލްޑިވްސް ހާފް މެރަތަން މާދަމާ

މޯލްޑިވްސް ހާފް މެރަތަން 2026 މާދަމާ ހެނދުނު ހުޅުމާލޭގައި ބާއްވަން ތާވަލުކޮށްފިއެވެ. މި މެރަތަން އިންތިޒާމުކުރާ އައިރަނާސް އިން މައުލޫމާތުދޭ ގޮތުގައި، މޯލްޑިވްސް ހާފް މެރަތަން 2026ގައި ފަސް ކެޓަގަރީއަކުން 2000 ބައިވެރިން ދުވާނެއެވެ. އެގޮތުން ހާފް މެރަތަން އާއި 15 ކިލޯމީޓަރު ދުވުން ފަތިހު 5:15 ގައ…

ފަރަށް އެރި ޓޭންކަރުގެ ތެޔޮގަނޑު ފެތުރި ޢުމާނަށް ނުރައްކާ

ޢުމާންގެ އައްސޭރިފަށަށް ފަރަށް އެރި ޓޭންކަރަކުން ބޭރުވަމުންދާ ތެޔޮގަނޑު، އެ ޤައުމުގެ ޖަޒީރާ ރަށްތަކުގެ އައްސޭރިފަށަށް ފޯރަން ފަށާފައިވާ ކަމުގައި އެ ޤައުމުގެ ތިމާވެއްޓާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. 'ކެރޮލައިން ބިޒިންގީ' ޓޭންކަރުން ބޭރުވަމުންދާ ތެޔޮ 2,200 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައިވ…

ނެއްލައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ނިމިއްޖެ

ހދ. ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ނިންމާލައިފިއެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތް ނިންމާ، މިދިޔަ އަންގާރަދުވަހު ވަނީ އެ ނިޒާމު ޓެސްޓްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތްވެސް…

"ފަތުރުވެރިކަން ކުރިއަރުވަން ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ"

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ ގުޅިގެން ކުރަންޖެހޭ މަސަ…

އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1,331,148 ފަތު…

ރޮމޭރޯ އެތްލެޓިކޯ މެޑްރިޑަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރގެ ޑިފެންޑަރ ކްރިސްޓިއަން ރޮމޭރޯ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ. އާޖެންޓީނާއަށް އުފަން އުމުރުން 28 އަހަރުގެ ރޮމޭރޯ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވަނީ 40 މިލިއަން ޔޫރޯގެ ފީއަކަށެވެ. ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގައި ވާދަކުރި…

Loading fresh headlines…