Live 9,934 stories Updated Jun 21, 2026
Showing: PSM
Browse topics PSM

PSM

Live feed

"ތަޢުލީމީ މީހުންގެ ކިބައިގައި ހަރުދަނާ އަޚުލާޤުތަކެއް ހުންނާނެ"

ތަޢުލީމު ލިބިފައިވާ މީހެއްގެ ކިބައިން ފާޅުވާ ހަރުދަނާ އަޙްލާޤުތަކެއް ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. …

ޙިޒްބުالله އާއި ޔަހޫދީން ހަމަލާ ހުއްޓައިލި ފަހުން 5 މީހުން ޝަހީދުކޮށްލައިފި

ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވުމާއެކު، ރައްދުގައި ޙަމަލާދިނުން މެދުކަނޑައިލުމަށް މުޖާހިދުންގެ ޖަމުޢިއްޔާ، ޙިޒްބުالله އިން ވެސް ނިންމި ފަހުން ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި ފަސް މީހުނ…

ދިވެހިބަހުގެ އެކެޑަމީން ބާއްވާ ތިން މުބާރާތެއް ހޮނިހިރު ދުވަހު

ދިވެހިބަހުގެ އެކެޑަމީން ބާއްވާ، ތިން މުބާރާތެއް އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ހެނދުނު 08:00ގައި މުޅި ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ. ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވަނީ، 2026ވަނަ އަހަރު އެ އެކެޑަމީން ބާއްވާ މުބާރާތްތަކުގެ ތެރެއިން، ދިވެހި ބަހުގެ އަދީބު، ޖަމީލް ދީދީގެ ވާދައިގެ ތައްޓަށް ބ…

ބޭރު ފައިސާގެ ރިޒާވް ރަނގަޅުވީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: ވޯލްޑް ބޭންކު

ސަރުކާރުން އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ޤަވާއިދާއެކު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވޯލްޑް ބޭންކުން ވިދާޅުވެއްޖެއެވެ. ވޯލްޑް ބޭންކުން އާއްމުކޮށްފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026"ރިޕޯޓްގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން…

ވަރީގެ ސަބަބުން ބޮޑަށް އަސަރުކުރަނީ ކުދިންނަށް: ވަޒީރު ޤީލާ

ދެމަފިރިން ވަކިވީނަމަވެސް މައިންބަފައިންގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާ ދެމިއޮންނާނެކަމަށާއި އެޒިންމާ އަދާކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދޭންޖެހޭނެކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤިލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ޢާއިލީ ގުޅުންތަކުގެ މައްޗަށް އެކުލަވާލާފައ…

އާމްދަނީއާއި ޚަރަދުގެ ސަރވޭ ރަށްތަކުގައި ފަށައިފި

ގޭބިސީގެ އާމްދަނިއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މި ހަފުތާގައި އައްޑޫ ސިޓީ ހިމެނޭހެން 3 އަތޮޅެއްގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއްޖެއެވެ. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަކީ، ކޮންމެ 5 ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ ސަ…

ޕެރަގުއޭ އަތުން ބަލިވެ ތުރުކީއަށް މުބާރާތް ނިމިއްޖެ

ވޯލްޑް ކަޕްގެ ތާރީޚުގައި އަނގަމަތީގައި އަތްއެޅުމުގެ ސަބަބުން ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިޔަކަށް މިގޭލް އަލްމިރޯން ވެގެންދިޔައިރު، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޕެރަގުއޭއިން، ތުރުކީ ބަލިކޮށް، މުބާރާތުގެ ގަދަ 32 ގެ އުންމީދު އާކޮށްފައެވެ. މި ނަތީޖާއާއެކު ތުރުކީ ވަނީ މުބާރާތުން ކަޓާފައެވ…

ކަނޑުތަކުގެ ދުވަހަށް، "މޫދު ފެސްޓް"ގެ ނަމުގައި ހަރަކާތެއް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެން "މޫދު ފެސްޓް 2026"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިހަރަކާތް ފަށްޓަވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑ…

ދިއްގަރުގައި އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މ. ދިއްގަރުގައި އެ ބޭންކުގެ އާ ސޭލްސް ސެންޓަރަކާއި، އޭޓީއެމްއެއް ހުޅުވައިފިއެވެ. މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާނާއި، އެމްއައ…

އުއްމީދަކީ ރަފީނިއާގެ އަނިޔާ ސީރިއަސް ނުވުން: ވިނީޝިއުސް

ހައިޓީ އަތުން ބްރެޒިލް 3-0އިން މޮޅުވި މެޗުގައި ރަފީނިއާ ބޭލީ ފަޔަށް ތަދުވުމުން ކަމަށާއި މި އަނިޔާގެ ކުޑަބޮޑުމިން ނޭނގޭ ކަމަށް ބްރެޒިލް ޓީމުން ބުނެފި އެވެ. މެޗުގައި ބްރެޒިލްގެ ތިން ވަނަ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް ޖޫނިއާ ބުނީ ފުރަތަމަ ހާފުގައި ފަޔަށް ތަދުވެ، ރަފީނ…

ކޯލްޑް ސްޓޯރޭޖްތަކާއެކު މަހަށް ރަނގަޅު އަގެއް ހޯދުމުގެ ފުރުޞަތު

ކޯލްޑް ސްޓޯރޭޖްތައް އިތުރުވެގެންދިއުމަކީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ލިބޭނެ އެންމެ ބޮޑު ފުރުޞަތުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައ…

ސަޕޯޓަރުން ކުރީ މަލާމާތް، ކޯޗު ބުނީ މޮރޮކޯ އޮތީ ހަކީމީގެ ފަހަތުގައި ކަމަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑް އަތުން މޮރޮކޯ މޮޅުވި ނަމަވެސް ސަޕޯޓަރުންގެ މަލާމާތް ކެޕްޓަން އަޝްރަފް ހަކީމީ އަށް ރައްދު ވެއްޖެ އެވެ. މިއީ އޭނާގެ މައްޗަށް ކުރެވިފައިވާ ރޭޕް މައްސަލައެއްގެ ތުހުމަތާ ހެދި އެވެ. ފްރާންސްގެ ކޯޓުން 2023 ވަނަ އަހަރު ނިންމި މި މައްސަލަ މިހާރު ވަނީ އިސްތިއުނ…

Loading fresh headlines…