Live 12,057 stories Updated Aug 13, 2026
Showing: PSM
Browse topics PSM

PSM

Live feed

އީރާނުން ބްރިކްސްގެ ބޭންކާ ގުޅުމަށް ތައްޔާރުވެއްޖެ

ބްރިކްސްގެ މެމްބަރު ޤައުމުތަކުން އުފައްދާފައިވާ ނިއު ޑިވެލޮޕްމަންޓް ބޭންކް (އެންޑީބީ) ގެ މެމްބަރަކަށް އީރާން ވަރަށް އަވަހަށް ވެގެންދާނެ ކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަބްދުލް ނާޞިރު ހިއްމަތީ ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސްގެ މާލީ ބައްދަލުވުމުގެ ކ…

ގޮއިދޫ ބަލިކޮށް ތުޅާދޫ ފައިނަލަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ތުޅާދަޫއިން ހޯދައިފިއެވެ. ތުޅާދޫއިން ފައިނަލްގެ ޖާގަ ހޯދީ، އޭދަފުށީ ފުޓްސަލް ދނޑުގައި ކުޅުނު ބ. އތޮޅު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގޮއި…

ޕޯޓުގެ ބައެއް ޚިދުމަތްތައް އޮކްޓޫބަރުމަހު ތިލަފުއްޓަށް

މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޯބަރުމަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށް ކުރިއަށްގެންދާ މ…

ރެގާރް ޓެޑަޒް އަތުން ބަލިވެ މާޒިޔާއަށް އޭއެފްސީ ދަތުރު ނިމިއްޖެ

ތަޖިކިސްޠާނުގެ ރެގާރު ޓަޑާސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގަށް ދިޔުމަށް ކުރި ދަތުރު ނިމިއްޖެއެވެ. އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއިން މިއަދު ހަވީރު ކުޅުނު މެޗު އެންމެ ފުރަތަމަ ކުޅުމަށް ތާވަލުކުރީ އަންގާރަ ދުވަހުއެވެ. އެކަމަކު ރެގާރު ޓަޑާޒް…

ހަނގުރާމަ ނިންމުމަށް ޔޫކްރެއިނުގެ އައު ހުށަހެޅުންތަކެއް

ހަތަރު އަހަރާއި ހަ މަހަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަށް ގެނައުމަށް އަމާޒުކޮށް ޔޫކްރެއިނުން އެމެރިކާއަށް އައު ހުށަހެޅުންތަކެއް ފޮނުވާފައިވާ ކަން ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަ…

ގުރައިދޫގައި ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރަން ފަށައިފި

ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރުމަށް، އެންޑީއެމްއޭއިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ތަމްރީން ކ.ގުރައިދޫގައި ފަށައިފިއެވެ. މި ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 12 އިން 13އަށެވެ. އެންޑީއެމްއޭއާއި ގުރައިދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިތަމް…

ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ އިސްލާހުގެ ބިލު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. އެ ބިލް ދިރާސާކުރީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމި…

އަހަރުން އަހަރަށް ދައުލަތުގެ އާމްދަނީއަށް %9.3 ކުރިއެރުމެއް

މިދިޔަ އަހަރާއި އަޅާބަލާއިރު 9.3 އިންސަތަ އިތުރުވެ 26.5 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާމްދަނީން އެންމެ ބޮޑު ބައެއް އިތުރުވީ ޓެކްސް އާމްދަނީންނެވެ. މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެ…

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް "ބޭރު ފައިސާއާ ބެހޭ ޤާނޫނު" އަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހަށް ބަލައިގެންފިއެވެ. އެބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓާއެކުއެވެ. އެބިލު ބަލައިގަނެ، ބިލު އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއ…

ވޯލްޑް ޓްރެވަލް އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ޝަރަފުވެރި އެއް އިވެންޓް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑު"ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން މިއަދު މިވަނީ މިކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫއާއެކު ސޮއިކޮށްފައެވެ. މިއ…

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭސް ފޯރުކޮށްދިނުމަށް އެޗްޕީއެލްއާއެކު އެއްބަސްވުމެއް

ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބަންގްލަދޭޝްގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ. އެޗްޕީއެލްއާ ސްޓޭޓް ފާމަސޫޓިކަލްއާ ދެމެދު ވެފައިވާ މިއެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޞ…

މަޖިލީހުގެ ދައުރު މިމަހުގެ 20އަށް އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރު…

Loading fresh headlines…