Live 12,061 stories Updated Aug 12, 2026
Showing: PSM
Browse topics PSM

PSM

Live feed

ހުއިފިލަނޑާ އެކްސްޕޯޓްކުރުމަށް ލައިސަންސް ނަގަން ހުޅުވާލައިފި

ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނުނަގާ ފާރާތްތައް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިފަދައިން ވިދާޅުވީ ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި …

ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ހުކުރު ދުވަހާ ހަމައަށް ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ …

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު %51 އިތުރުކޮށްފި

ބޭންކިން ނިޒާމުގެ ތެރެއިން ބޭރުފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރުފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމައިފިއެވެ. މި ހަފުތާއިން ފެށިގެނ…

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް ޤާނޫނަށް އިސްލާހެއް

ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން "ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނު"އަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅު…

މެރިން ހެޗަރީ ޕްރޮގްރާމް: މިއަހަރުގެ ދެވަނަ ބުރުގެ ތަމްރީން ފަށައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މިއަހަރުގެ ދެވަނަ ބުރުގެ ބައިވެރިންގެ ތަމްރީނުތައް ފަށައިފިއެވެ. މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެ…

ޖުލައިގެ ނިޔަލަށް 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންނާއި އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިއަހަރުގެ …

ދުމުގެ ނުރައްކާ ބޮޑުވެ އިންޑޮނޭޝިޔާގައި މަދަރުސާތައް ބަންދުކޮށްފި

މޫސުމަށް ކުރިމަތިވާ 'އެލް ނީނިޔޯ' ޙާލަތާ ގުޅިގެން އާދަޔާޚިލާފަށް ފިނިހޫނުމިން އުފުލި، އިންޑޮނޭޝިޔާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތަކުގެ ދުން ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރެމުން ދިޔުމާ ގުޅިގެން ގިނަ ޢަދަދެއްގެ މަދަރުސާތައް ބަންދުކޮށްފިއެވެ. މިއީ، ދުމުގެ ޙާލަތު ނުރައްކާވެ، އެ ޤައުމުގެ…

އަމާޒަކީ ޕްރޮސެކިއުޝަންގެ މަސައްކަތް އެންމެ މަތީ މިންވަރަށް ޑިޖިޓަލައިޒުކުރުން: ޕީޖީ

ޕީޖީއޯ 2.0 އާއެކު 2028 ވަނަ އަހަރު ޕީޖީ އޮފީސް ވެގެންދާނީ ޤާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށްފައިވާ އޮފީހަކަށްކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. ޕީޖީއޯ 2.0 މަޝްރޫއު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔ…

ފެނަކަ އޮޑިޓް: މުދަލާއި ޚިދުމަތް ހޯދަން ހިންގާފައިވާ ކަންކަން ތަހުގީގުކުރަން ފާސްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ "މުދަލާއި ޚިދުމަތް ހޯދުން، ކުންފުނީގެ މާލީ ޙާލަތާއި ހިސާބުތައް ބެލެހެއްޓުމާގުޅޭ ޚާއްޞަ އޮޑިޓް"ގައި ފާހަގަކޮށްފައިވާ ކަންކަން ތަހުގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އޮޑިޓަކީ 2021ވަނ…

ހުޅުމާލެ ހިއްކި ސަރަޙައްދުން 500 ގޯތި ހަވާލުކޮށްފި

ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500އަށްވުރެ ގިނަ މީހުންނާ ބިން ހަވާލުކޮށްފިއެވެ. ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އޮގަސްޓް 10ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ގޯތި ހަވާލުކޮށްފަވާކަމަށެވެ. މިއީ ގޯތި ލިބުނު މީހުންގެ ޖުމުލަ …

މާލީ ނިޒާމުގެ އިތުބާރު ނަގާލުމުން އިޔާދަނުކުރެވޭ ގެއްލުންތަކެއް ވެދާނެ: ބީއެމްއެލް

ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އިތުބާރު ނަގާލުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، މުޅި ޤައުމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަޢީދު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ތ…

ހުދު ސަމާލުގެ ވަގުތު ހަވީރު 5އަށް އިތުރުކޮށްފި

ބޯކޮށް ވާރޭ ވެހި ގުގުރުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލުގެ ވަގުތު ހަވީރު 5އަށް އިތުރުކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާ…

Loading fresh headlines…