Live 9,939 stories Updated Jun 19, 2026
Showing: PSM
Browse topics PSM

PSM

Live feed

މޫސުމީ ބަދަލުތަކުން އަރައިގަންނަން ނާޒުކު ޤައުމުތަކަށް އެހީވާން ގޮވާލައިފި

މޫސުމީ ބަދަލުތަކުން އަރައިގަންނަން ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026ގައި ކުރިއަށް ގެ…

ފިންޓެކް ކުންފުނިތަކަށް ސައިބަރ ސެކިއުރިޓީ ދިނުމަށް ރާއްޖެ ތައްޔާރު

ޕޭޕަލް ފަދަ ފިންޓެކް ސޮލިއުޝަންތަކަށް ދޭންޖެހޭ ސައިބަރ ސެކިއުރިޓީ ދިނުމަށް ރާއްޖެ ތައްޔާރު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ "ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ރާއްޖެއަށް ޕޭޕަލް ފަދަ ޚިދުމަތްތައް ގެންނައިރު ސައިބަރ ސެކިޔުރ…

ރަޝިޔާގައި ރާއްޖެ އިޝްތިހާރުކުރަން ޚާއްޞަ ކެމްޕެއިނެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، ރަޝިޔާ މާކެޓުގައި ރާއްޖެއަށް އޮތް މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން "މޯލްޑިވިއާނާ" އާ ގުޅިގެން ޚާއްޞަ ޑިޖިޓަލް މާކެޓިންގ ކެމްޕޭނެއް ހިންގައިފިއެވެ. މި ކެމްޕެއިން ކުރިއަށް ގެންދިޔައީ، 15 މެއި އިން 15 ޖޫން 2026ގެ ނިޔަލަށެވެ. މި ކެމ…

ކްރޮއޭޝިއާއާ ދެކޮޅަށް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ: ޓުކެލް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެލްގައި އިންގްލަންޑާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އިންގްލަންޑުގެ ކޯޗު ތޯމަސް ޓުކެލް ހާމަކޮށްފިއެވެ. ޓުކެލް ބުނީ އޭނާ އަބަދުވެސް ކުޅުންތެރިންނަށް ބޮޑަށް ބާރު އަޅަނީ ހިތްވަރާއެކު ކެރިގެން އެ…

ހުރްމުޒުން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު މަޑުމަޑުން އިތުރުވަނީ

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އިބުތިދާއީ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު މަޑުމަޑުން އިތުރުވާން ފަށާފައިވާ ކަމުގައި، ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ބަލަހައްޓާ ކުންފުނި، ކެޕްލަރއިން ހާމަކޮށްފިއެވެ. …

ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ބުދަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގީ، މ…

ޙުސައިން ޢަބްދުއްރަޙްމާން ނިޔާވުމުން ރައީސްގެ ތަޢުޒިޔާ

ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ ޢައިލާއަށާއި ސިފައިންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕ…

ފީފާ ވޯލްޑް ކަޕް 2026: ޗެކިއާ - ސައުތު އެފްރިކާ

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އޭގެ ދެވަނަ މެޗަށް ޗެކިޔާ މިރޭ ސައުތު އެފްރިކާއާއި ދެކޮޅަށް ނިންނައިރު، މިއީ މި ދެ ޓީމު ވޯލްޑްކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މި މެޗަށް ޗެކިޔާ ނިކުންނައިރު އެ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުތު ކޮރެއާ އަތުން 1-0 ގެ ނަތީޖ…

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް

އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އިބުތިދާއީ އެއްބަސްވުުގައި ސޮއިކުރެއްވުމަށްފަހު، ތެހްރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ އަލުން ޢުދުވާންތައް ފަށްޓަވާނެ ކަމުގައި ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިންޒާރުދެއްވައިފިއެވެ. ޖޫން 17 ވަނ…

ޤަވައިދާ ޚިލާފަށް ޕާކުކުރި 72 ސައިކަލު ޓޯކޮށްފި

އާންމު ދަތުރުފަތުރަށް އުނދަގޫވާހެން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކުކޮށްފައިވާ 70 އަށްވުރެ ގިނަ ސައިކަލު ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފިއެވެ. ބަސް ދަތުރުކުރާ މާލޭގެ ބޮޑެތި މަގުތަކުގެ ދެފަރާތުގައި ޕާކުކުރުމަކީ މަނާކަމެކެވެ. މާލޭގެ ބޮޑެތި މަގުތަކަކީ އާންމު ދަތުރުފަތުގެ ޚިދުމަތްދިނުމަށް ބަސްތައް …

"ޕޭޕަލްއިން ކުރި އިތުބާރަކީ އެހެން ޕޭމަންޓް ގޭޓްވޭތައް އައުމަށް ހުޅުވުނު ދޮރެއް"

ޕޭޕަލްއިން ރާއްޖެއަށް ކުރި އިތުބާރަކީ އެހެން ޕޭމަންޓް ގޭޓްވޭތައް އައުމަށް ހުޅުވުނު ދޮރެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ރާއްޖެއަށް ޕޭޕަލް ޚިދުމަތް ތަޢާރަފު ކުރު…

އައްޑޫއަށް ގެންނަ 4 އިންޖީނުގެ މަސައްކަތް ނިމުމަކާ ގާތަށް

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ބޭނުންވާ އިންޖީނުތައް ހެދުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ ދަށުން 4 އިންޖީނު ގެނައުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އާބާދީ އެންމެ ބޮޑު އެއް ސަރަޙައްދުކަމަށްވާ އައްޑޫއަށް ދިމާވެފައިވާ އަސާސީ އެންމެ ބޮޑ…

Loading fresh headlines…