Live 9,939 stories Updated Jun 18, 2026
Showing: PSM
Browse topics PSM

PSM

Live feed

ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވ. އަތޮޅުގައި ކުރިއަށްގެންދިޔަ ޚާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ވަޒަންކުރައްވައިފިއެވެ. ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކ…

ސައިބަރ ސެކިއުރިޓީގެ ބިލަށް ޚިޔާލު ހުށަހެޅުން ޖުލައި އެކަކާ ހަމައަށް

ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 17 އިން ފެށިގެން، ޖުލައި މަހުގެ 1 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ. ސައިބަރ ސެކިއުރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.…

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ޚިދުމަތްފުޅާކުރުމަށްޓަކައި، މުހިއްމު ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންދާކަމަށް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ޢުމްރާރީ ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް އިތުރުކުރުމުގެ އެކި މަޝްރޫޢުތައް…

ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ. މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އއ. ހިމަންދޫ / ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ) އެވެ. ފުލުހުން ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ޖޫން 11 ވަނަ ދުވަހު ފެރިދ…

އިތުރު ވަގުތުގައި ގާނާއިން ޖެހި ލަނޑާއެކު ޕެނަމާއަށް މާޔޫސްކަން

ފީފާ ވޯލްޑް ކަޕުގައި ފުރަތަމަ ޕޮއިންޓު ހޯދަން ޕެނަމާއިން ދެކެމުންދިޔަ ހުވަފެނަށް، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ގާނާއިން އިތުރު އިންތިޒާރެއް ގެނުވައިފިއެވެ. ދެވަނަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެމުން އަންނަ ޕެނަމާއަށް، މިހާތަނަށް އައި އިރު މި މުބާރާތުގައި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. މީގެކުރިން 2…

ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯހޯލުގައި އިއްޔެ ހަވީރު އޮތް މި ރަސްމިއްޔާތުގައި "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށ…

ގްރޫޕްގެ ފުރަތަމަ މޮޅު ކޮލަމްބިޔާއަށް!

ފީފާ ވަރލްޑްކަޕް 2026 ގައި ޕޯޗްގަލް ހިމެނޭ ގްރޫޕް ކޭގެ ފުރަތަމަ މޮޅު ކޮލަމްބިޔާއިން ހޯދާ އެއްވަނައިގައި ފުރަތަމަ މެޗު ނިންމާލައިފިއެވެ. 2022 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވި، ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލަމްބިޔާއިން މިއަހަރު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗު އުޒުބެކިސްތާނާ ވާދަކޮށް ކާމިޔާބ…

ރޮނާލްޑޯގެ ޕޯޗުގަލް ހުއްޓުވި ޔޯން ވިއްސަގެ ލޯ ފިހުނީ އެސިޑް ޖެހުމުން!

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޮންގޯ ބައްދަލުކުރި މެޗަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. މައިގަނޑު އެއް ސަބަބަކީ މެޗުގެ ކުރިން ރޮނާލްޑޯ ރޮއްވާލާނެ ކަމަށް ކޮންގޯގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވުމުންނެވެ. 52 އަހަރު ފަހުން ކޮންގޯ ވޯލްޑް ކަޕުގައި ކުޅުނު މި މެޗު ނިމުނީ 1-1އިނ…

އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު ޖަހައި އިންގްލޭންޑުން ފެންވަރުދަށްކާލައިފިއެވެ. ގްރޫޕް އެލްގެ މިމެޗު އިންގްލޭންޑުން ކާމިޔާބުކުރީ 4-2 އިންނެވެ. މިމެޗުގައި އިންގްލޭންޑަށް 3 ފަހަރަށް ލީޑުނަގަން ޖެހުނެވެ. މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން އިންގްލޭންޑަށް ކާމިޔ…

ޗެކިއާ ބަލިކުރެވޭނީ ވަރަށް ރޫހުގައި ކުޅެގެން: މަސީކޯ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޗެކިއާ ބަލިކުރެވޭނީ ވަރަށް ރޫހުގައި ކުޅެގެން ކަމަށް ދެކުނު އެފްރިކާގެ މިޑްފީލްޑަރު ތަޕެލޯ މަސީކޯ ބުނެފި އެވެ. އޭނާ މިހެން ބުނީ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އަތުން ބަލިވެފައިވާތީ އެވެ. "މި މުބާރާތުގެ މެޗުތައް ވަރަށް އަވަސް، ވަރަ…

އެހެން ގައުމުތަކުގައި ނެތް އެތައް ސިފައެއް ސްވިސް ޓީމުގައި އެބަހުރި: ބޮސްނިއާ ކޯޗު

އެހެން ގައުމުތަކުގައި ނެތް އެތައް ސިފައެއް ސްވިޒަލޭންޑް ޓީމުގައި އެބަހުރި ކަމަށާއި އެ ގައުމަށް ފުރިހަމަ އަށް އިހްތިރާމް ކުރާ ކަމަށް ބޮސްނިއާގެ ކޯޗު ސާޖެޓް ބާބޭރެޒް ބުނެފި އެވެ. ވޯލްޑް ކަޕުގައި ސްވިޒަލޭންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ބާބޭރެޒް ބުނީ ސްވިޒަލޭންޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. "…

ދެ ކޯޗުން ނަޒަރުގައި ވެސް ޕްރެޝަރު އޮތީ ކެނެޑާ އަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކެނެޑާ އާއި ގަތަރު ބައްދަލު ކުރާއިރު ދެ ޓީމުގެ ކޯޗުން ވެސް އެއްބަސްވި ކަމަކީ ޕްރެޝަރު އޮތީ މުބާރާތް ބާއްވާ އެއް ގައުމު ކެނެޑާ އަށް ކަމަށެވެ. ގަތަރުގެ ކޯޗު ހޫލިއަން ލެޕޮޓީގް ބުނީ ދުނިޔެ ދައްކާ ޕްރެޝަރަށް އޭނާގެ ޓީމު ނުވިސްނާނެ ކަމަށެވެ. "އަހަރުމެންނަކީ ކުޑަ …

Loading fresh headlines…