Live 12,065 stories Updated Aug 11, 2026
Showing: PSM
Browse topics PSM

PSM

Live feed

"ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު 3 ގުނަ އުފުލުނު"

ރާއްޖެއިން އެތެރެކުރާ ތެލުގެ އަގު ބޮޑުވެގެން ދިޔައިރު 3 ގުނައަށް އަގު އުފުލިގެން ދިޔަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ. "އިޤްތިޞާދުގެ ދެފަރާތް" ނަމުގައި ކުރިއަށްގެންދިޔަ ފޯރަމުގައި އެސްޓީއޯއިން ވަނީ ރާއްޖެ އެތެރެކުރާ މުދަލުގެ އަގު އުފުލުމުގެ ސަބަބުތަކަށް އަލިއަ…

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް؛ ހއ. ޗެމްޕިއަންކަން އިހަވަންދޫއަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫއިން ހޯދައިފިއެވެ. އިހަވަންދޫއިން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ފިއްލަދޫގެ މައްޗަށް 0-5އިން ކުރިހޯދައިގެންނެވެ. މުބާރާތުގައި ހއ. އަ…

ފަރަށް އެރި ދޯނީގައި ތިބި މީހުން ސަލާމަތުން ނޮޅިވަރަންފަރަށް

ފަރަށް އެރި ދޯނީގައި ތިބި 6 މީހުން ސަލާމަތުން ނޮޅިވަރަންފަރަށް ގެންގޮސްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ހދ.ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް އެރި "އުރަފާ" ޑައިވިންގ ދޯނީގައި ތިބި މީހުން ސަލާމަތްތެރިކަމާ އެކު، ނޮޅިވަރަންފަރަށް ގެންދިޔައީ އެރަށު ޑިންގީއެއްގައިކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވ…

"ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިއަހަރު ގާއިމްކުރެވޭނެ"

މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރެވޭނެކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދުގެ ދެފަރާތް" ނަމުގަ…

ކޮންމެ ދުވަހަކު މިދަނީ އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރު ވިއްކަމުން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ދޫކުރަމުންދާކަން އެ ބޭންކުން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން މިފަދައިން ވިދާޅުވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ވާހަކަ…

ދޯންޏެއް ފަރަށް އަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަނީ

6 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިގެން މީހުން ސަލާމަތްކުރަން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ "އުރަފާ" ނަމަކަށްކިޔާ ޑައިވިންގ ދޯނި ފަރަށް އަރާފައިވަނީ ހދ.ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށްކަމަށެވެ. އެދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް،…

"ވިކްޓްރީގެ އަމާޒަކީ އިހު އޮތް މަގާމަށް ދިއުން"

ވިކްޓްރީ ސްޕޯޓްސް ކްލަބް އަންނަ ސީޒަނަށް ނުކުންނައިރު، ޓީމުގެ ސްކޮޑަށް ބޮޑު ބަދަލެއް ގެނަސް ޓީމު ވަރުގަދަކޮށްފައި ވަނީ ވިކްޓްރީ އަސްލު މަގާމަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. މާލީ ހާލަތުގެ އަޑިގަނޑުން އަރައިގަނެ ވިކްޓްރީ ސްޕޯޓްސް ކްލަބުން މިދިޔ…

އީރާނުގެ ޤައުމީ ސަލާމަތާބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީގެ މަޤާމަށް މުޙްސިން ރިޒާއީ

‏އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ކަައުންސިލްގެ ސެކެޓްރީގެ މަޤާމަށް އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު, އައިއާރުޖީސީގެ ކުރީގެ ކޮމާންޑަރު މުޙްސިން ރިޒާއީ ޢައްޔަނުކޮށްފިއެވެ. ސަލާމަތީ މަޖިލީހުގެ ސެކެޓްރީގެ މަޤާމަށް އޭނާ ޢައްޔަނުކުރެއްވި ކަން އިޢުލާނުކުރައްވާފައި ވަނީ އީރާންގެ ރައީސް މަސ…

ރާއްޖޭގެ ބޮޑުބަޔަކަށް މިރޭ މޫސުން ގޯސް

މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ލަފާކޮށްފިއެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. މެޓް އޮފީހުން ވިދާޅުވީ ރާ…

އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ފިހާރަތަކަށް

އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ފިހާރަތަކަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. "އަގުމަގު" ޕޯޓަލްގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމެއެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީ އަގުތައް އެއްތ…

މިދިޔަމަހު ދައުލަތަށް 3.41 ބިލިޔަން ރުފިޔާގެ އާމްދަނީއެއް

މިދިޔަ ޖުލައި މަހު މީރާއަށް 3.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ދަށް އަދަދެއް ނަމަވެސް މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ…

ޔޫކްރެއިނުން ރަޝިޔާއަށް އަމާޒުކޮށް ފޮނުވާލި 450 އަށްވުރެ ގިނަ ޑްރޯން ވައްޓާލައިފި

ރަޝިޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ޔޫކްރެއިނުން ރޭ ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި، އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން 456 ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ރޭގެ އެކި ވަގުތުތަކުގައި ޔޫކްރޭނުން ދިން މި ހަމަލާތަކުގައި ބައެއް އާންމުން މަރުވެފައިވާ ކަމަށްވ…

Loading fresh headlines…