އަލިފާނުގައި ގެއްލުންވި ގއ.އަތޮޅު ތަޢުލީމީ މަރުކަޒަށް ބޭނުންވާ ސާމާނު ފޮނުވައިފި
ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް، ބޭނުންވާ ސާމާނު ތަޢުލީމީ ވުޒާރާއިން އެ ސްކޫލަށް ފޯރުކޮށްދީ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ. ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. …