Live 9,982 stories Updated May 30, 2026
Showing: PSM
Browse topics PSM

PSM

Live feed

އިރާނުގެ ޓީމަށް އަދިވެސް ވިސާ ހަމައެއް ނުޖެހޭ

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ޓީމަށް އަދިވެސް އެމެރިކާގެ ވިސާ ނުލިބޭ ކަމަށް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ. އިރާނުގެ ފުޓްބޯޅަ ފެޑާރޭޝަނުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ވިސާ އިރާނުގެ ޓީމަށް އަދި މިހާތަނަށ…

ރަޝިޔާގެ އަސްކަރީ ޑްރޯނެއް ރޮމޭނިޔާއަށް ވެއްޓިއްޖެ

ރަޝިޔާގެ އަސްކަރީ ޑްރޯނެއް ރޮމޭނިއާއަށް ވެއްޓި، ދެ މީހުން ޒަޚަމްވި ހާދިސާއާ ގުޅިގެން، ވިލާތުގެ ދިފާޢީ އިއްތިޙާދު ނޭޓޯއިން ކަންބޮޑުވުންފާޅުކޮށްފިއެވެ. ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ވައިގެ ޙަމަލާތަކުގެ ތެރެއިން، ރޮމޭނިއާގެ ސަރަޙައްދަށް އެ ޑްރޯން ވެއްޓުނު ހާދިސާގައި، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ …

ލުބްނާނުގައި ޔަހޫދީންގެ ޙަމަލާތައް އިތުރުވެއްޖެ

ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް، ޔަހޫދީން ލުބްނާނަށް ވަރުގަދަ ޙަމަލާތައްދީ، އިތުރު 8 މީހުން ޝަހީދުކޮށްލުމާ ގުޅިގެން، އދއިން ކަންބޮޑުވުންފާޅުކޮށްފިއެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހުން ފެށިގެން ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދިޔަ ނަމަވެސް، ޔަހ…

ޢީދު ކުޅިވަރުތައް ނިމުމަކަށް: އާއްމުންގެ ބޮޑު ތަރުހީބެއް

އަޟްޙާ ޢިދާ ދިމާކޮށް މާލެ ސަރަޙައްދުގައި ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުން ކުރިއަށްގެންދިޔަ ޢާއިލި ހަވީރު ނިންމާލައިފިއެވެ. މާލެއާއި ހުޅުމާލޭގެ ދެފިޔަވަހީގައި ޢީދާއި ގުޅިގެން ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މާލޭ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކު ސަރަހައްދު…

ފުވައްމުލަކުގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށްފި

ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ކެފޭ އުސޫލުން އެތަކެތީގެ ހިދުމަތް ދެމުންދިޔަ ޑްރަގް ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި ހިންގަމުން ދިޔަ ޑްރަގް ކެފޭއެއް ބަންދު ކުރި ފުރަތަމަ ފަހަރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅު…

ޣައްޒާގެ %70 ބިން ފޭރިގަންނަން ޔަހޫދީ ބޮޑުވަޒީރު އަމުރުކޮށްފި

ފަލަސްޠީިނުގެ ޣައްޒާގެ %70 ޔަހޫދީ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔުމަށް ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކޮށްފިއެވެ. 2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގެ ބިމުގެ ބޮޑު ސަރަޙައްދެއް މިހާރު…

އަލިމަސްޔޫބީލް މުބާރާތް: ހުނަރާއި ފަންވަރު ދައްކުވައިދޭނެ

ފުޓްބޯޅަ އަކީ ދިވެހިންގެ އެއްވަނަ ކުޅިވަރެވެ. ހާއްސަކޮށް ދިވެހި ގައުމީ ޓީމު ކުޅޭ ނަމަ ދިވެހިން ނަގާ ފޯރިއަކީ މި ސަރަހައްދުގައި ވެސް ފާހަގަ ކުރެވޭ ހަރަކާތްތަކެވެ. އަންނަ ހޯމަ ދުވަހަކީ އަނެއްކާ ވެސް މި ފަދަ ޖޯޝާއި ފޯރި ނެގުމަށް ދިވެހި ގައުމީ ޓީމު ސަޕޯޓަރުންނާ ބައްދަލު ކުރާ ފަހަރެކެވެ. ރާއްޖޭގެ ފުޓްބޯ…

ޢީދުގެ ފޯރި މުޅި ރާއްޖޭގައި، ގިނަ ހަރަކާތްތަކެއް

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މިއަހަރުގެ ބޮޑު ޢީދު ފާހަގަކުރަމުން ދަނީ ނުހަނު ކުލަގަދަ ހަރަކާތްތަކަކާއެކުގައެވެ. ޢީދުގެ އުފާވެރިކަން މުޅި ރާއްޖޭގައި ފާހަގަކުރަމުންދާއިރު، ވޭތުވެދިޔަ ދެ ދުވަހުވެސް ސަޤާފީ އަދި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މުދަލަކީ ނިޢުމަތެއް، އެއީ އެހެން މީހުންގެ ހައްޤުވެސް އެކުލެވޭ އަމާނާތެއް!

ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ ގަތުމުން ދުރުހެލިވާން ޖެހޭކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، "ހޭދަކުރުމުގައި އިޤުތިޞާދުކުރުން" މި މަޢުޟޫއެވެ. ހުކުރު ޚުތުބާގައި ވިދާޅުވީ، މުދަލަކީ އަހަރެމެންނަށްޓަކައި ލައްވާއިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤ…

ވަޠަނީ ޚިދުމަތް: މައިންބަފައިންގެ ހިތުގެ ފަޚުރާއި ޤައުމީ ޝަރަފް

ވަޠަނީ ޚިދުމަތަކީ، ކޮންމެ ދިވެހި ދަރިއެއްގެ ލޭގައި ދައުރުވާންޖެހޭނެ އެންމެ މަތިވެރި އިޙްސާސެވެ. އެއީ، ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫނެވެ. އެއީ، ތިމާ އުފަންވި ފަސްގަނޑަށާއި، ތިމާގެ ދީނާއި، އާދަކާދަތަކަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކުރެވޭ މާތް މަސައްކަތްތަކެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ ސަފުޙ…

މަރުޙޫމް ޢަބްދުﷲ ޝަރީފްގެ އާއިލާއަށް، ރައީސްގެ ތަޢުޒިޔާ

ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި މަސައްކަތްކުރެއްވި ލ.ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސ…

ޖިންސީ ކުށްތަަކަށް އަރައިގަންނަ ޤައުމުތަކުގެ ލިސްޓަށް ޔަހޫދީ ދައުލަތް

ހަނގުރާމައާއި ހަމަނުޖެހުމުގެ ޙާލަތުގައި ޖިންސީ އަނިޔާގެ ކުށްތަކަށް އަރައިގަންނަ ޤައުމުތަކާއި ގުރޫޕުތަކުގެ ލިސްޓުގައި އެކުވެރި ދައުލަތްތަކުން (އދ) ޔަހޫދީންގެ އިސްތިޢުމާރީ ދައުލަތް ހިމަނައިފިއެވެ. މި ނިންމުމާމެދު ޔަހޫދީ ދައުލަތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތ…

Loading fresh headlines…