Live 9,989 stories Updated May 26, 2026
Showing: PSM
Browse topics PSM

PSM

Live feed

ފުޓުބޯޅަ އަސްލު މަގާމަށް ގެނެސްދިނުމުގައި ރައީސްގެ ދައުރު ބޮޑު: ޠާރިޤް

ދިވެހި ފުޓުބޯޅައިގެ ހަގީގީ މަގާމު އަލުން ހޯއްދަވައިދެއްވަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް އަޙްމަދު ޠާރިޤް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަށާއި، ދިވެހި ސަރުކާރަށް ޝުކުރު ދަންނަވައިފިއެވެ. ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅ…

ފުޓުބޯޅައިން އުފެދޭ ބަދަހިކަމަކީ، ޖީލުތަކަށްދޭ އުއްމީދެއް: ރައީސް

ފުޓުބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވެ، އަންނަން އޮތް ޖީލުތަކަށް ދޭ ހިތްވަރަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަޞީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގައި ފާހަގަކުރާ …

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު 4121 މީހުންނަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު 4121 މީހުންނަށް ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމުގެ ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ދ…

ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން، ދުނިޔެ ބަދަހިކުރާ ވަޞީލަތެއް: ފަސްޓްލޭޑީ

ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ މުޅި ދުނިޔެ ބަދަހިކޮށްދޭ ވަޞީލަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، މިކުޑަކުޑަ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮން…

އައްޑޫގައި މިފްކޯގެ ފިހާރައެއް ހުޅުވަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިޢުލާން ކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ…

ވަޠަނީ ޚިދުމަތުގެ ތަމްރީނާއެކު ޒުވާނުންގެ ދިރިއުޅުމަށް އުންމީދާއި ހެޔޮ ބަދަލު

ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމުގެ މަޤުސަދުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި "ދިވެހި ވަޠަނީ ޚިދުމަތް"…

އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. އުރުދުންގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމިޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ، އެޤައުމުގެ ރަސްގެފާނު ޢަބްދުﷲއަށާއި، ބޮޑުވަޒީރު ޖައުފަރު ޙައްސާނަށާއި، ސަރުކާރަށާއި، އުރުދުންގެ ލޮ…

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ބިލާލް މިއާ (34އ) އާއި، އެމްޑީ ޓެންވާ ރަޙްމާން އެންޓޯ (20އ) ކަމަށެވެ. މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. މި ދެމީހުން ހަ…

އުތުރާއި މެދުރާއްޖެ ތެރެއަށް މާދަމާވެސް މޫސުން ގޯސް

ރާއްޖޭގެ ބޮޑު ބަޔަކަށް މާދަމާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ…

މީރާއަށް ނުލިބިހުރި ފައިސާގެ 543 މިލިޔަން ރުފިޔާ ހޯދައިފި

ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަމަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުންވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރިއިރު، މި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް މީރާއިން ދަނީ ކުރަމުންނެވެ. ދައުލަތުގެ ޓެކ…

ރީޖަނަލް ލީގު ކުޅޭ ކުޅުންތެރިންނަށް ފުޓްސަލް ކުޅެވޭނެ

ނިމެމުންދާ ފުޓުބޯޅައިގެ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ކުޅޭ ކުޅުންތެރިންނަށް، ކުރިއަށް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުޅެން އެއްވެސް ހުރަހެއް ނެތްކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ. ފުޓްސަލް މުބާރާތްތަކުގެ އެޓޯލް ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު ފަށަން ވަނީ ތާވ…

ނާޒުކު ވަގުތެއްގައި މެސީ އަށް އަނިޔާގެ މައްސަލަ

ވޯލްޑް ކަޕަށް އެންމެ 17 ދުވަހަށް ވެފައިވަނިކޮށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް އަނިޔާގެ މައްސަލަތައް ކުރިމަތިވާން ފަށައިފި އެވެ. އެމެރިކާ ލީގުގައި މިއަދު ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓަމިއާމީގެ ކެޕްޓަން ވަނީ 73 ވަނަ މިނިޓްގައި އަމިއްލަ އަށް އެދިގެން ޗޭންޖިން ރޫމަށ…

Loading fresh headlines…