Live 9,999 stories Updated May 19, 2026
Showing: PSM
Browse topics PSM

PSM

Live feed

ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުން ޔަޒްމީދު އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުން ޔަޒްމީދު މުޙައްމަދު އިސްތިއުފާ ދެއްވައިފިއެވެ. ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވާފައިވާކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ގއ. ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުޙައްމަދަކީ އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ރ…

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އިންޑިއާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މަރިޔައްޕަން ގަނެޝަންއާއި، ނ. ކެނދިކުޅުދޫ ގުލްފާމްގެ، 27އަހަރުގެ އިބްތިޝާމް ޢަލީއާއި، ސ.ހިތަދޫ ދެކުލައަރާގެ، 54 އަހަރުގެ އިބްރާހީމް މަޢުޞޫމެވ…

ޣައްޒާގައި ޔަހޫދީން ނަސްލުހޭދެއް ހިންގާކަމަށް އދން އަނެއްކާވެސް ކަނޑައަޅައިފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ނަސްލުހޭދެއް ހިންގަމުންދާ ކަމުގައި އަނެއްކާވެސް ކަނޑައަޅައި، ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އެކުވެރި ދައުލަތްތަކުގެ (އދ)ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ގޮވައިލައިފިއެވެ. އެ އިދާރ…

އަތޮޅު ކައުންސިލް އޮފީސްތައް އެލްޖީއޭގެ ގޮފިތަކަކަށް

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވުމުން އެ ކައުންސިލްތައް ހިންގަމުން އައި އިމާރާތްތައް އެލްޖީއޭގެ ގޮފިތަކަށް ބަދަލުކޮށްފިއެވެ. ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު އަތޮޅު ކައުންސިލްތައް މިހާރު …

ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް

ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުން މި ހުކުމް ކޮށްފައިވަނީ ނ. މިލަދޫ / އަލަމާގެ، އުމުރުން 43 އަހަރުގެ އަޙްމަދު ޢަބްދުލްހާދީގެ މައްޗަށެވެ. އޭނާ ޖަލަށްލުމުގެ އިތުުރުން 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ކޯޓުން ހު…

އޮސްޓްރޭލިއާ ދަތުރުތަކުން ފަތުރުވެރިކަމާއި ވިޔަފާރިއަށް ފައިދާކުރާނެ

ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ، ރާއްޖޭގެ ފަތުރުވެރިކަމާއި އަދި ވިޔަފާރީގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ …

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ރީޖަން 2 ބ. އޭދަފުށީގައި ފަށައިފި

"ހަށިހެޔޮރާއްޖެ" ޕްރޮގްރާމްގެ ރީޖަން 2 ބ. އޭދަފުށީގައި ފަށައިފިއެވެ. މި ޕްރޮގްރާމުފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓ، ސްޕޯޓްސް އެންޑް ފިޓްނެސްޢަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައިކުޅިވަރު ވުޒާރާގެ ބޭފުޅުންނާއި އޭދަފުށީ ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. …

ހުޅުމާލޭ ނެއިބަރހުޑް 1 ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭ ނެއިބަރހުޑް 1 ގައި ތަރައްގީކުރި ސްޕޯޓްސް ޕާކު، ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. …

ސުމޫދު ފްލޮޓިއްލާއަށް ހުރަސް އެޅުން ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ސުމޫދު ފްލޮޓީލާ ހަރަކާތަށް ޔަހޫދީ ދައުލަތުން ހުރަސް އެޅުމާ ގުޅިގެން ދިވެހިރާއްޖެ ހިމެނޭހެން 10 ޤައުމަކުން އެ އަމަލުތައް ކުށްވެރިކޮށްފިއެވެ. ހައްދުފަހަނައެޅި ޔަހޫދީން ވަނީ، ސުމޫދު ފްލޮޓީލާގައި ހި…

38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި 3،053 ބައިވެރިން

ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލި މުއްދަތު ހަމަވިއިރު 3،058 ބައިވެރިން ނަން ހުށަހަޅާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 18ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށެވެ.…

ސެންޓްރަލް ލީގު ޗެމްޕިއަން ކަން ހޯދަން ގަދަހިފުމަކަށް

ސެންޓްރަލް ލީގުގައި އިއްޔެ ކުޅުނު ދެ މެޗު ހުރާ އަދި ކުޑަހުވަދޫ ކާމިޔާބުކޮށް، ލީގުގެ ޗެންޕިއަން ކަން ހޯދާ ޓީމެއް ކަޑައެޅުން ފަހުދުވަހަށް ގޮސްިއެވެ. އދ.މަހިބަދޫއާ ބައްދަލުކޮށް ހުރާ ޓީމުން 0-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައިވާއިރު، ދ.މީދޫއާ ބައްދަލުކޮށް ދ.ކުޑަހުވަދޫން މެޗު ކާމިޔާބުކޮށްފައިވަނީ 0-…

ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރައިފި

މިއަހަރު ޙައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓު ފުރައިފިއެވެ. މިފްލައިޓުގައި 250 އަށްވުރެ ގިނަ ޙައްޖުވެރިންވަނީ ފުރާފައެވެ. 1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދީއަށްދާ ހުރިހާ ޙައްޖުވެރިން މިހާރުވަނީ ފުރާފައެވެ. ޙައްޖުވެރިންގެ ފަހު ފްލައިޓުގައި 253 ޙައްޖުވެރިންވަ…

Loading fresh headlines…