Live 7,881 stories Updated Mar 20, 2026
Showing: PSM
Browse topics PSM

PSM

Live feed

އަންހެން ޓީމުތަކުގައި އަންހެން ކޯޗުން ތިބުން ފީފާއިން މަޖުބޫރުކޮށްފި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ރާވާ ހިންގާ ނުވަތަ ފީފާގެ ބެލުމުގެ ދަށުން ހިންގާ އެންމެހާ މުބާރާތްތަކެއްގައި ވާދަކުރާ އަންހެން ޓީމުތަކުގައި ކޯޗުންގެ ގޮތުގައި އަންހެނުން ތިބުން މަޖުބޫރުކޮށްފިއެވެ. މި ބަދަލު ގެނެސް މިކަން ތަންފީޒުކުރަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުން…

ހަކަތައިގެ ބާޒާރުގެ ލޮޅުމުގެ ގެއްލުން ކުޑަކުރަން ޤައުމުތަކުން އެހީވަނީ

އީރާނު ހަނގުރާމަ ދިގުލައިގެންދާތީއާއި އަވަސް މުސްތަޤުބަލެއްގައި ހަނގުރާމަ ނިމޭނެ ކަމުގެ އިޝާރާތެއް މިހާތަނަށް ވެފައި ނުވާތީ، ހުރުމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކުރެވޭނެ ކަން ކަށަވަރުކޮށް ތެލުގެ މައްސަލަ ޙައްލުކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށް ވިލ…

ޔަހޫދީންގެ މައި ތެޔޮ ރިފައިނަރީއަކަށް އީރާނުގެ މިސައިލް ޙަމަލާއެއް

ހައިފާގައި ހުންނަ ޔަހޫދީންގެ ތެޔޮ ރިފައިނަރީއަކަށް އީރާނުން ވަރުގަދަ ޙަމަލާއެއްދީ ގެއްލުންތައް ދީފިއެވެ. އީރާނުން ދިން މިސައިލް ޙަަމަލާގެ ސަބަބުން އެ ސަހަރުގެ އުތުރުގެ ކަރަންޓު ގުރިޑަށް ގެއްލުން ލިބި، އެ ސަރަޙައްދުން ވަގުތުތަކަށް ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. މިދިޔަ ޖޫން މަހު ޔަހޫދީން އީރ…

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމަނައިފި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހި…

އައްޑޫއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 58 އަހަރުގެ ސަލްދިން ވަލިމޮހްމަދް ރުއްފިންއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީއަށް ވައިގެ މަގު…

އަތޮޅު ފެރީތައް ވިލިމާލެއާއި ހުޅުމާލެ ޓާމިނަލަށް

ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ޚިދުމަތް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފިއެވެ. އެ ކުންފުނިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ 3 ވަނަ ފިޔަވަހި ފެށުމަށް ތައްޔާރު…

އެމެރިކާއަށް އެހީވާން އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ޤާނޫނީ ހުރަސްތައް ގިނަ

ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނާ ގުޅިގެން، ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅީގެ ބާރު ހޯދަން އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާއާ ގާތްގުޅުން އޮންނަ ޤައުމުތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް…

"ދިވެހިންގެ އެއްބައިވަންތަކަމުގެ ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެ"

ޢީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯ…

މިއީ "ބޭކާރު، ކުޑަ" މުބާރާތެއް ނޫން، މިއީ މުސްތަގުބަލަށް އެޅޭ ބިންގަލެއް

ރާއްޖެއިން މި އަންނަނީ ސަރަހައްދީ މުބާރާތެއް އަމިއްލަ ގައުމުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ. މީގެ ހައެއްކަ އަހަރުކުރިން ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބާއްވާފައިވާއިރު އަދި އޭގެ އަހަރުތަކެއް ކުރިން، 2008 ވަނަ އަހަރު ލަންކާއާއި ރާއްޖެއިން ގުޅިގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓުކުރިއިރު، މުބާ…

ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އިތުރު އެއް ދުވަހުގެ މުއްދަތެއް

އަންނަ މަހު ބާއްވާ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ހުޅުވާލި މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 17ވަނަ ދުވަހުއެވެ. އެ ފުރުޞަތު މިއަދުގެ ނިޔަ…

"ރޯދަ ނިމުމުން އަޅުކަމެއް ނުނިމޭ، ހަ ރޯދައަކީ އަޅުކަމަށް ލިބޭ ދަޢުވަތެއް"

ރޯދަ މަސް ނިމުމުން އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީ ނޫންކަމަށާއި، ހަ ރޯދައަކީ އަޅުވެރިކަމުގެ ދުވަސްތައް އަލުން ފަށައިގެން ކުރިޔަށް ދިޔުމަށް ލިބޭ ދަޢުވަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބަރަކާތްތެރި ފިތުރު ޢީދާ ގުޅިގެން …

ސާފް އަންޑަ20: ބިދޭސީ ކޯޗުން ތިބީ ރާއްޖެ އާއި ލަންކާ އަދި ބޫޓާންގައި

ރާއްޖޭގައި އަންނަ ހަފުތާގައި ފަށާ ސާފުގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ތިން ގައުމަކުން ފެންނާނީ ބިދޭސީ ކޯޗުންކަން ކަށަވަރުވެއްޖެ އެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޭޕްރީލް އަށަކަށް ގަލޮޅު ދަނޑުގައި ކުޅޭ މުބާރާތުގައި ބިދޭސީ ކޯޗުން ފެނިގެންދާނީ ދިވެހިރާއްޖެ އާއި ސްރީލަ…

Loading fresh headlines…